ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
މަޢުލޫމާތަށް ބަދަލެއް ގެނެވުމާއެކު ކުރީގެ އިޢުލާން ބާތިލްކޮށް މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރެވިފައި

މަޤާމް :ކޮމްޕިއުޓަރ ޓެކްނީޝަން
ބޭނުންވާ އަދަދު :1

                                 ނަންބަރު:IUL)GS-56/2017/29) 

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމް:              ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:          J-250552

ބޭނުންވާ އަދަދު:           1 (އެކެއް)       

މަޤާމުގެ ގިންތި:           ވަގުތީ  ( ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން )

ސެކްޝަން:             އެކަޑެމިކް

ރޭންކް:              ޖީ. އެސް. 4

ކްލެސިފިކޭޝަން:           އޮފިސަރ ގްރޭޑް 2

މަޤާމް އޮތް އޮފީސް:        ތުޅާދޫސްކޫލް

ވަޒީފާއަދާކުރަންޖެހޭ ތަން:       ތުޅާދޫސްކޫލް ، ބ.ތުޅާދޫ

ޝަރުތު:

 

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ 60 މިނިޓްގެ ގަޑިއަކަށް 49.39 ރުފިޔާ ދެވޭނެއެވެ. (އުޖޫރަ ދެވޭނީ -/6520 ރުފިޔާއަށްވުރެން އިތުރުނުވާގޮތަށެވެ.)

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެޚިދުމަތް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ކޮމްޕިއުޓަ ނެޓްވޯކް ރަގަޅަށް ބެލެހެއްޓުމާއި ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުން

- ކޮމްޕިއުޓަރގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

- ސްކޫލްގެ ސަރވަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރަގަޅަށް ބެލެހެއްޓުން

- ސްކޫލްގެ ކޮމްޕިއުޓަރ ޕްރިންޓަރ ސްކޭނަރ ޕްރޮޖެކްޓަރ އަދި ފޮޓޯކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން

- އޯޑިއޯވިޝުއަލް ތަކެތި ބެލެހެއްޓުމާއި، ކްލާސްތަކަށް ތައްޔާރުކުރަންޖެހޭ މަލްޓިމީޑިއާ ސެޓްކުރުމާއި، މެއިންޓެއިން ކުރުން

-  ސްކޫލްގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގެ ސައުންޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދިއުން

- ސްކޫލްގެ ފަރާތުން ފޮނުވަންޖެހޭ ކޯޕަރޭޓް އެސް.އެމް.އެސް ތައް ޕްރިންސިޕަލްގެ ބެލުމުގެ ދަށުން ފޮނުވުމުގެ މަސައްކަތް.

- އޮފީހުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުމާއި މުވައްޒަފުންމަށް މިޚިދުމަތް ފޯރުވައިދިނުމުގެ މަސައްކަތް.

- ސްކޫލުގެ ވެބްސައިޓް ޑިވެލޮޕްކޮށް، މެއިންޓެއިން ކުރުމާ ސްކޫލުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުން.

- ސްކޫލްގައި ބާއްވާ އެކި އެކި މުހިއްމު އިވެންޓްތަކުގެ ފޮޓޯ ނެގުމާއި، ތަކެތި ވީޑިއޯކުރުމާއި، ރެކޯޑްކުރުމާއި، އެ ތަކެތި ބެލެހެއްޓުން.

- ޑިޕާޓްމަންޓްގެ ބޭނުންތަކަށް ހޯދަންޖެހޭ އައި.ޓީ އިކްއިޕްމަންޓްގެ ސްޕެސިފިކޭޝަން ތައްޔާރުކޮށް ޑިޕާރޓްމަންޓް ހެޑަށް ކަމާބެހޭ ލަފާ ދިނުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

   ވަޒީފާއަށް އެދޭ ފޯމު މި ސްކޫލް ގެ ( ތުޅާދޫސްކޫލް ) ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތުޅާދޫސްކޫލަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ[email protected]އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  2017 ސެޕްޓެމްބަރ 20  އާ 21 އާ ދެމެދު ތުޅާދޫސްކޫލްގައި  ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. ވުމާއެކު، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 ( ތިރީސް އިންސައްތަ ) އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600136 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

07 ޛުލްޙައްޖާ 1438

29 އޯގަސްޓް 2017

 

29 އޮގަސްޓް 2017
ހޯދާ