| 
   
އެންޓިކޮރަޕްޝަން ކޮމިޝަން 
މާލެ، 
ދިވެހިރާއްޖެ 
 | 
   
  
  
 | 
| 
 ވަޒީފާގެ ފުރުޞަތު 
 | 
 ތާރީޚް: 
 | 
 07 ޛުލްހިއްޖާ 1438 
29 އޮގަސްޓް  2017 
 | 
| 
 ނަންބަރު: 
 | 
 123-A/IUL//2017/17 
 | 
| 
 މަޤާމް 
 | 
 އެސިސްޓެންޓް އެޑިޔުކޭޝަން އޮފިސަރ 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 (އެކެއް) 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ) 
 | 
| 
 މަސައްކަތްކުރަންޖެހޭ ސެކްޝަން 
 | 
 އެޑިޔުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް 
 | 
| 
 މުސާރައާއި ޢިނާޔަތްތައް 
 | 
- މުސާރަ: 8,000/-ރުފިޔާ
 
- ޑެއިލީ އެލަވަންސް:  207/-ރުފިޔާ
 
  | 
| 
 ޝަރުޠު 
 | 
- އެޑިޔުކޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސްގެ އެހެން ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
 
- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް ޢިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
 
- އުމުރުން 55 އަހަރު ވެފައި ނުވުން.
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
 -          ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާޙަތްތެރިކަން ކުރިއެރުވުމަށް ކޮމިޝަނުން ހިންގާ ޕްރޮގްރާމްތައް ރާވާ ހިންގުން. 
-          ސޯޝަލް މީޑިއާ ކެމްޕޭންތައް ރާވާ ހިންގުން. 
-          އެޑިޔުކޭޝަން އެންޑް އެވެއަރނެސް ޔުނިޓްގެ އިދާރީ މަސައްކަތްތައް ކުރުން. 
 | 
| 
 ހުށަހަހަޅަންޖެހޭ ލިޔުންތައް 
 | 
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
 
- ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީއާއި ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
 
- އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
 
-  އައިޑީ ކާޑްގެ ފޮޓޯކޮޕީ.
 
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
 
  | 
| 
 ސުންގަޑި 
 | 
 12 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
- އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
 
- އެޕްލިކޭޝަން ފޯމް އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
 
- އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
 
- ވަޒީފާއަށް އެދޭ ފޯމް މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
 
- މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
 
- ފޯމް ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލްކުރެވޭނެއެވެ.
 
  | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 
ފޯނު ނަންބަރު: 3015217 / 3015200 
ފެކްސް ނަންބަރު: 3317182 
އީމެއިލް: [email protected] 
  
 |