މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިލްޑިންގ އިންސްޕެކްޓަރުން ތަމްރީނުކުރުމަށް ބޭނުންވާ ކޯސް މޮޑިއުލްތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

"ބިލްޑިންގ އިންސްޕެކްޓަރސް ތަމްރީނު ކުރުމުގެ ޕްރޮގްރާމް" އަކީ މި މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ދިވެހިރާއްޖޭގެ އިމާރާތް ކުރުމާއި ބެހޭ ޤާނޫނަށް ޢަމަލު ކުރަން ފަށާއިރު، އެޤާނޫނުގައި ބަޔާން ކުރާ ކަންކަން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ގުޅޭގޮތުން ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ޢިމާރާތް ކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ 3 ފަންތިއެއްގެ ފަރާތްތައް ތަމްރީމުކުރުމަށްޓަކައި ބޭނުންކުރާނެ ކޯސް މޮޑިއުލްތަކެއް، މިމިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް އިން ކަނޑައަޅާ ގޮތެއްގެ މަތީން އެކުލަވާލަން ބޭނުންވެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ފުރަތަމަ ފަހަރު ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުއްވުމަށް ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅުއްވާނީ 18 ސެޕްޓެންބަރު 2017 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައި ބަޔާން ކޮށްފައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ 18 ސެޕްޓެންބަރު 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓަރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.

މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް “www.housing.gov.mv” އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓަރީ ޑިވަލޮޕްމަންޓް ޑިޕާރޓްމަންޓް

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު، މާލެ، ދިވެހިރާއްޖެ

3004300

[email protected]

07 ޛުލްޙިއްޖާ 1438 ހ.

29 އޮގަސްޓު 2017 މ.

29 އޮގަސްޓް 2017
ހޯދާ