މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

                                                      އިޢުލާން ނަންބަރު: MRDC-IUL/2017/35

 

 ވަޒީފާގެ ފުރުޞަތު

   

     މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ޕްރޮޖެކްޓް ކޯޑިނޭޓަރ، ގްރޭޑް 4

ބޭނުންވާ ޢަދަދު:

04 (ހަތަރެއް)

ކްލެސިފިކޭޝަން / ރޭންކް:

އެމް.އެސް 1 – ގްރޭޑް4

މުސާރަ:

މަހަކު -/9080 ރުފިޔާ (ނުވަހާސް އައްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުތު:

-  ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

-    ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    ސިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  ޕްރޮޖެކްޓްސް ތަކަށް ބޭނުންވާނެ ބިލް އޮފް ކުއެންޓިޓީޒް (ބީ.އޯ.ކިއު) ބިލް އޮފް މެޓީރިއަލްސް      (ބީ.އޯ.އެމް) ވާރކް ޝެޑިއުލް / ވާރކް އައުޓްސް ހަދަން އެހީތެރިވުމާއި، ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-    ޕްރޮޖެކްޓް ތަކަށް ބޭނުންވާ ޓެކްނިކަލް އަދި އެހެނިހެން ކުރެހުންތައް ތައްޔާރުކުރަން އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-    ޕްރޮޖެކްޓް މޮނިޓަރކޮށް ޕްރޮޖެކްޓް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާ ހިއްސާކުރުން.

-    ޕްރޮޖެކްޓްތަކުގެ ޑެއިލީ ، ވީކްލީ އަދި މަންތްލީ ރިޕޯޓް ހެދުން.

-    ޕްރޮޖެކްޓް ތަކުގެ ސައިޓް ސާވޭ ކުރުން.

-    ޕްރޮޖެކްޓް ތަކުގެ ޕޭމަންޓް ޝެޑިއުލް ހެދުމަށް އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-    ޕްރޮޖެކްޓްތައް ކުރިއަށްދާ ސައިޓްތައް ބެލެހެއްޓުން.

-    ޕްރޮޖެކްޓް ތަކާއި ގުޅިގެން ޑިޕާރޓްމަންޓުން ފޮނުވަންޖެހޭ ސިޓީ އާއި އެކިއެކި ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.

-    ޑިޕާރޓްމަންޓްގެ ވެރިޔާ ހަވާލުކުރާ ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ސެޕްޓެމްބަރ 12ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތައް އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8. ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                          05 ޛުލްޙިއްޖާ 1438

                          27 އޯގަސްޓް 2017   

28 އޮގަސްޓް 2017
ހޯދާ