ދިވެހިރާއްޖެ
ދައުލަތުގެ ޙިއްސާވާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑުތައް ރިވިއުކޮށް އެއްހަމަކުރުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ގުޅިގެން ކުރުމަށް ހަމަޖެހިފައިވާތީ، މި މަސައްކަތް ކުރުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349169 ، 3349129
ފެކްސް: 3324432
އީމެއިލް އެޑްރެސް: [email protected]