އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ހުރި އަމިއްލަ މީހުންގެ ރުއްގަސް ރަޖިސްޓްރީ ކުރުމަށް އިތުރު މުއްދަތެއް ދިނުން.

ގޯތިން ބޭރުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަސްތައް އަލުން ރަޖިސްޓްރީ ކުރުމަށްއެދި ހުށަހެޅުމަށް، މި އިދާރާގެ ނަންބަރު: (IUL)/347/347/2017/29  އިޢުލާނުން، 29 މެއި 2017 އިން 13 ޖުލައި 2017 އަށް ހުޅުވާލި ފުރުޞަތުގައި ވަރަށް ގިނަ ފަރާތްތަކަކުންވަނީ، ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާފައެވެ. ނަމަވެސް އަދިވެސް ރުއްގަސް ރަޖިސްޓްރީ ކުރުމަށް އެދި ހުށަނާޅާ ފަރާތްތަށް ކޮންމެވެސް ވަރަކަށް ތިބިކަން ފާހަގަ ކުރެވޭތީ އެފާރަތްތަކުގެ ރުއްގަސް ރަޖިސްރީ ކުރުމަށް އެދި ހުށަހެޅުމަށް އިތުރު ފުރުޞަތެއް ނިދުމުގެ ގޮތުން، ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާގެ ނަމްބަރު:(IUL)/347/347/2017/29  (29 މެއި 2017) އިޢުލާނާއި ގުޅިގެން، ގޯތިން ބޭރުގައިހުރި ރުއްގަސް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާފައިނުވާ ފަރާތްތަކުން، ގޯތިން ބޭރުގައިހުރި އެފަރާތްތަކުގެ ރުއްގަސް ރަޖިސްޓްރީ ކުރުމަށްޓަކައި، 14 ސެޕްޓެމްބަރު 2017 ވަ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން، އެއީ އެފާރާތެއްގެ ރުއްގަސްކަން ދަންނާނެ ދެ މީހެއްގެ ނަމާއެކު ލިޔުމުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ކުރިން އޮތް ރުއްގަހުގެ ރަޖިސްޓްރީ މިހާރު ބާޠިލް ކޮށްފައިވުމާއެކު، އަލުން މި ހުޅުވާލެވޭ ފުރުޞަތުގައި ރަޖިސްޓްރީ ކުރުމަށް އެދި ހުށަނާޅާ ފަރާތްތަކުގެ ރުއްގަސްތަކާމެދު ދަޢުލަތުގެ އެއްވެސް މުއަށްސަސާއަކަށް މި އިދާރާއިން ޖަވާބު ދާރީވާންޖެހޭ ޙާލަތްތަކުގައި، އެއީ ކޮންފަރާތެއްގެ ރުއްގަހެއްކަން ސާބިތުކޮށްދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި އެފަދަ ރުއްގަސްތަކާމެދު ދިމާވާ އެއްވެސް މައްސައެއްގައިވެސް މި އިދާރާއިން ޖަވާބުދާރީވެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. 

27 އޮގަސްޓް 2017
ހޯދާ