ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ،ކެޓް،ޕެޓް،އެފްސީއީ) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން

    ނަންބަރު: IUL)120/1/2017/42)

 

އިޢުލާން

2017 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ،ކެޓް،ޕެޓް،އެފްސީއީ) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން: 

2017 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ، އެފްސީއީ، ކެޓް އަދި ޕެޓް) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2017 ސެޕްޓެންބަރު 5 އިން ފެށިގެން 2017 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފްޞީލް މިޑިޕާޓްމަންޓުން ލިބެންހުންނާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1330 އަށެވެ. ފޯމު ހުށަހަޅާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނަންވާނެއެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

06 ޛުލްޙިއްޖާ 1438

28 އޮގަސްޓު 2017

28 އޮގަސްޓް 2017
ހޯދާ