ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މަޤާމް |
ލޯންޗް ކެޕްޓަން |
ރޭންކް |
MO5 |
އަދަދު |
02 |
މަސައްކަތްކުރަންޖެހޭ ތަން |
ސުޕްރީމް ކޯޓު |
އަސާސީ މުސާރަ |
-/6295 ރުފިޔާ |
މިމަޤާމަށް ލިބޭ އެލަވަންސް |
މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/2000ރ (ދެހާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
ޝަރުޠު |
1- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ޤަވާޢިދުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވުން، އަދި 2- ލޯންޗް ޑްރައިވަރެއްގެ ގޮތުގައި ނުވަތަ އެފަދަ މަޤާމެއްގައި 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ލޯންޗް ކެޕްޓަނެއްގެ ހައިސިއްޔަތުން ރައްކާތެރިކަމާއެކު ލޯންޗުގެ ދަތުރުތައް ކޯޓުން އަންގާ ގޮތެއްގެމަތިން ކުރުން. |
މަޤާމް |
މެރިން މެކޭނިކް |
ރޭންކް |
MO3 |
އަދަދު |
01 |
މަސައްކަތްކުރަންޖެހޭ ތަން |
ސުޕްރީމް ކޯޓު |
އަސާސީ މުސާރަ |
-/5020 ރުފިޔާ |
މިމަޤާމަށް ލިބޭ އެލަވަންސް |
މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
ޝަރުޠު |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ލޯންޗަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގައި އިންޖިނިއަރިންގ ފަރާތުން އަޅަންޖެހޭ ފުރަތަމަ ފިޔަވަޅުތައް އެޅުމުގައި ކޯޓުން އަންގާ ގޮތެއްގެމަތިން މަސައްކަތް ކުރުން. |
މަޤާމް |
ފަޅުވެރިން |
ރޭންކް |
MO2 |
އަދަދު |
04 |
މަސައްކަތްކުރަންޖެހޭ ތަން |
ސުޕްރީމް ކޯޓު |
އަސާސީ މުސާރަ |
-/4465 ރުފިޔާ |
މިމަޤާމަށް ލިބޭ އެލަވަންސް |
މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
ޝަރުޠު |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ލޯންޗު ކެޕްޓަންގެ އިރުޝާދުގެ މަތިން ލޯންޗު ސާފުތާހިރުކޮށް ބެލެހެއްޓުން އަދި ލޯންޗު ދުއްވުމުގައި ކެޕްޓަންއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. |
ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް 2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (މިސެޓްފިކެޓް ތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) |
ސުންގަނޑި |
މިމަޤާމަށް ޝަރުތުފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2017 ސެޕްޓެމްބަރު 07 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
1- މިމަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލާ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ. 2- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 4- މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މިކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ 17 ސެޕްޓެމްބަރު 2017 އިންފެށިގެންނެވެ. |