ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރަތަފަންދޫ ޞިއްޙީމަރުކަޒުގެ އެޓެންޑެންޓް މަގާމަށް މީހަކު ހޯދުން

މަޤާމް :އެޓެންޑެންޓް
ބޭނުންވާ އަދަދު :1

                                                             ނަންބަރު:RHC/IUL/2017/07

އިޢުލާން

                  މިދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަމެވެ.

                  މި އިޢުލާނަކީ ރަތަފަންދޫ ޞިއްޙީމަރުކަޒުގެ ނަންބަރު RHC/IUL/2017/06 އިޢުލާން ބާޠިލް ކުރުމަށްފަހު

އަލުން ކުރާ އިޢުލާނެކެވެ.

 

މަޤާމް:     އެޓެންޑެންޓް

މަޤާމުގެ ނަންބަރު:  j-254960

ބޭނުންވާ ޢަދަދު:  01 ( އެކެއް )

ގިންތި:   ދާއިމީ

ރޭންކް:  އެސް.އެސް 2

ކްލެސިފިކޭޝަން:  ސަޕޯރޓް ސްޓާފް ގްރޭޑް 2

މަސައްކަތް ކުރަންޖެހޭ ސެކްޝަން:  ކްލިނިކަލް އޭރިއާ

އޮފީސް:  ރަތަފަންދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:    ގދ. ރަތަފަންދޫ

މުސާރަ:   މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:   މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.

             2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން .

             3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ، ބަންދު ދުވަސްތަކުގެ ފައިސާ،

ރިސްކް އެލަވަންސް.

     

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:    1. ޞިއްޙީމަރުކަޒުގެ ކުލިނިކަލް އޭރިއަރ އާއި އެތަނުގައި ހުންނަ އެކިއެކި ސާމާނުތައްފޮޅާ

                          ސާފްކޮށްބެލެހެއްޓުން.

                         2. ބަލިމީހުންނަށް ފަރުވާދިނުމަށް ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

                         3. މަރުކަޒުން އެންގުމުން އޮންކޯލް ޑިއުޓީތަކަށް ޙާޟިރުވުން.

                          4 . މަރުކަޒުން ހިންގާ އެކިއެކި ހެލްތް ޕްރޮމޯޝަން ހަރަކާތް ތަކުގައި ބައިވެރިވުން.

                          5. މުވައްޒަފަކު ޗުއްޓީ ނަގައިފިނަމައެމުވައްޒަފު ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރުން.

           

މަޤާމުގެ ޝަރުޠުތައް:    1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.  ނުވަތަ

                2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް

ބަލާނެ ކަންތައްތައް:    1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

               2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.

               3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިޔު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ. )

               2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް

ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

               3. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގެ ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ

ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ

މަރުކަޒުން ހިންގާ ރާއްޖޭން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން

ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި

ޓްރާންސްކްރިޕްޓްގެ ކޮޕީ.)

(ށ) ރާއްޖޭގޭ ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

              4. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

              5. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް، އެއޮފީހަކުން

ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އިންސްޓްޓިއުޓެއް، ނުވަތަ އަމިއްލަ ދާއިރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި،

ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

             6. ވަޒިފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،

އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

               7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލްސަރވިސް

ޓްރޭނިންގ އިންސްޓްޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

            8. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު(ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:  ވަޒީފާއަށް އެދޭ ފޯރމު މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.  މަޤާމަށް އެދި ހުށަހަޅުއްވާ ތަކެތި

ހުށަހަޅުއްވާނީ 06 ސެޕްޓެންބަރ 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިމަރުކަޒުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް ގެ 

ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގައި ބުނެފައިވާ ތަކެތި ހަމަނުވާ  އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ.      

އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު:  މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު 2017 ސެޕްޓެންބަރމަހުގެ މެދުތެރޭގައި އޮންނާނެއެވެ.

ވީމާ، މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން 2017 ސެޕްޓެންބަރ މަހުގެތެރޭ ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިޔުއޮންނާނެ ތަން، އިންޓަރވިޔޫގެ 2 ދުވަސްކުރިން އަންގާނެއެވެ.

 

ޝޯޓް ލިސްޓް ކުރުން:  މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި،

އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔު ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  %25 ( ފަންސަވީސް އިންސައްތަ )

 

އިތުރު މަޢުލޫމާތު: މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6840095 ފޯނަށެވެ.

އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

01 ޛުލްޙިއްޖާ 1438

23 އޯގަސްޓް 2017

 

 

23 އޮގަސްޓް 2017
ހޯދާ