ދިވެހިރާއްޖެ
`
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
Secretariat of the South Ariatholhu Atoll Council |
މަހިބަދޫ |
Mahibadhoo |
ދިވެހިރާއްޖެ. |
Republic of Maldives |
ނަންބަރު: IUL)234-C/234/2017/15)
އިޢުލާން
އަތޮޅުވެހީގެ 2 ވަނަ ފަންގިފިލާގެ ބައެއް ކޮޓަރި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން
މިކައުންސިލްގެ އަތޮޅުވެހި ޢިމާރާތުގެ 2 ވަނަ ފަންގިފިލާގައި ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރިން މިއިދާރާއިން ކޮއްފައިވާ ނަންބަރު: (IUL)234-C/234/2017/11 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފާހަގަކުރެވޭތީ އެއިޢުލާނު ބާޠިލްކޮށް އަލުން މިމަސައްކަތް ކޮއްދޭނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޯގަސްޓް ވާ އާދީއްތަދުވަހުގެ 11:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 11.30 އަށް އަންދާސީ ހިސާބު ހިފައިގެން މިއިދާރާއަށް ދުރުވުން އެދެމެވެ.
މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ އެސްޓިމޭޓް ބަލައިނުގަނެވޭނެއެވެ.
22 އޯގަސްޓް 2017
(ސޮއި)
ޢަލީ ނަޞީރު
އދ.އަތޮޅު ކައުންސިލްގެ ރައީސް