ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2013/SC-C/42 ޤަޟިއްޔާ (2013 އޮކްޓޫބަރު 7) ގެ ޙުކުމާ ގުޅިގެން 2013 ނޮވެންބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޏ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
ޏ. ފުވައްމުލައް މަދަރަސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން މަދަރުސާ ހޯލް |
މި ފޮށްޓަށް ވޯޓުލާނީ ދަޑިމަގު އަވަށު މީހުންނާއި ދަޑިމަގު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ޏ.ދަޑިމަގު-1 |
R01.01.1 |
1 |
ޏ.ފުވައްމުލައް އެމް.ޖޭ.އެމް ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ދިގުވާނޑު އަވަށު މީހުންނާއި ދިގުވާނޑު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ޏ.ދިގުވާނޑު-1 |
R01.02.2 |
2 |
ޏ.ފުވައްމުލައް ކިޑްސް ގާޑަން (ހޯދަޑު ރައްޔިތުންގެ ސްކޫލް) |
މި ފޮށްޓަށް ވޯޓުލާނީ ހޯދަޑު އަވަށު މީހުންނާއި ހޯދަޑު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ޏ.ހޯދަޑު-1 |
R01.03.3 |
3 |
ޏ.ފުވައްމުލައް މާލެގަން ޕްރީސްކޫލް (މާލެގަން ރައްޔިތުންގެ ސްކޫލް) |
މި ފޮށްޓަށް ވޯޓުލާނީ މާލެގަން އަވަށު މީހުންނާއި، މާލެގަމުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ޏ.މާލެގަން-1 |
R02.07.1 |
4 |
ޏ.ފުވައްމުލައް ޒުވާނުންގެ މަރުކަޒު |
މި ފޮށްޓަށް ވޯޓުލާނީ މާދަޑު އަވަށު މީހުންނާއި މާދަޑު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ޏ.މާދަޑު-1 |
R02.04.2 |
5 |
ޏ.ފުވައްމުލައް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި |
މި ފޮށްޓަށް ވޯޓުލާނީ އޯކިޑްމަގުގެ ކީރަންމާގެއިން ފެށިގެން ދުވައްފާނޑުމަގުން ގޮސް، އޯކިޑްމަގުން ގޮސް، ޣާޒީމަގުން ގޮސް، ހުސްނުހީނާމަގުން ގޮސް، ވެޑިވަންމަގުން ގޮސް، އަލިވާމަގުން ގޮސް، ޖަމަލުއްދީން ނައިބުތުއްތުމަގުން ގޮސް، ޕަބްލިކްވޯރކްސް ސައިޑުގެ ދެކުނަށް ގޮސް، ސަންފާގެމަގުން ގޮސް، ދުއްވާފަނޑުމަގަށް ވަށާލެވިފައިވަ ގޭގޭގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނާއި މިސްކިތްމަގު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ޏ.މިސްކިތްމަގު-1 |
R02.05.3 |
6 |
ޏ.ފުވައްމުލައް މިސްކިތްމަގު އަންހެނުންގެ ކޮމެޓީގެ ޢިމާރާތް |
މި ފޮށްޓަށް ވޯޓުލާނީ ވެޑިވަންމަގުގެ ދެކުނަށް ގޮސް، އަލިވާމަގުން ނައިބުތުއްތުމަގަށް ގޮސް، ނައިބުތުއްތުމަގުގެ ދެކުނަށް، ސްޓޭޑިއަމްގެ އިރުދެކުނަށް ގޮސް، ފުނާޑާއި މިސްކިތްމަގާގުޅޭ އިންމަތިން އުތުރަށް ގޮސް. ހުސްނުހީނާ މަގުގެ ދެފަރާތް ހިމެނޭ ސަރަޙައްދުން ގޮސް ދަށުކުބައިގެޔާ ހަމައަށް ހުރި ގޭގޭގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނެވެ. |
ޏ.މިސްކިތްމަގު-2 |
R02.05.4 |
7 |
ޏ.ފުވައްމުލައް ހާފިޒު އަޙްމަދު ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ފުނާޑު އަވަށުގައި ދިރި އުޅޭ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންނާއި ފުނާޑު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ޏ.ފުނާޑު-1 |
R03.06.1 |
8 |
ޏ.ފުވައްމުލައް ފުވައްމުލަކު ސްކޫލްގެ ސްޓާފްރޫމް (ގޭޓް ނަންބަރު 1 ވަންނަ) |
މި ފޮށްޓަށް ވޯޓުލާނީ ދޫނޑިގަން އަވަށުގެ މާލެގަމާ ގުޅުނު ހިސާބުން ފެށިގެން ދެކުނަށް ގޮސް ބަހާރުމަގުގެ ދެފަރާތް ހިމެނޭގޮތަށް ބޮޑުފަންނު މަގުގެ އުތުރުފަރާތުން ގޮސް ފުނާޑު އަވަށާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި ދޫނޑިގަން އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ޏ.ދޫނޑިގަން-1 |
R03.08.2 |
9 |
ޏ.ފުވައްމުލައް ފުވައްމުލަކު ސްކޫލްގެ ހޯލް (ގޭޓް ނަންބަރު 2 ވަންނަ) |
މި ފޮށްޓަށް ވޯޓުލާނީ ބޮޑުފަންނުމަގުގެ އިރުދެކުނަށް ގޮސް ޖަމާލުއްދީން ނައިބުތުއްތު މަގާދޭތެރޭ ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
ޏ.ދޫނޑިގަން-2 |
R03.08.3 |
10 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
18 ޛުލްޙިއްޖާ 1434