ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒަށް 6 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

       ނަންބަރ: (IUL)GS-02/GS-02/2017/30

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

            މިމަރުކަޒަށް 6 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު ނަމްބަރ: (IUL)GS-02/GS-02/2017/29އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިވަނީ  2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް އިޢުލާން ކުރީމެވެ.

ވީމާ މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮަތަށް 6 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޯގަސްޓް 28 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު، 2017 ސެޕްޓެމްބަރ 06 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

                    މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528817 ނަންބަރު ފޯނަށެވެ.

 

 

01 ޛުލްޙިއްޖާ 1438

 22 އޯގަސްޓް 2017

 

 

22 އޮގަސްޓް 2017
ހޯދާ