ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ
އުލިގަން، ދިވެހިރާއްޖެ
ނަންބަރ: IUL)245/245/2017/17)
އިޢުލާން
ސްޕޯޓްސް އެރީނާގައި ހިމެނޭ ވޮލީ ކޯޓާއި ބަށިކޯޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން
މިރަށުގެ ސްޕޯޓްސް އެރީނާގައި ޤާއިމްކުރެވޭ ބަށި ކޯޓާއި ވޮލީ ކޯޓްގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)245/245/2017/16 ( 09 ޖުލައި 2017 ) އިއުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ވާތީ އެއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، މިއިދާރާއިން ދޭން ކުރެހުންތަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
28 އޯގަސްޓް 2017 ހޯމަ ، 11:30 |
06 ސެޕްޓެމބަރ 2017 ބުދަ ، 11:30 |
މިމަސައްކަތަށް އެދި ހުށައަޅުއްވާ އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށަހަޅުއްވަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ސާފްކުރުމަށް ހާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންވާނީ އައި.ޑީ ކާޑްގެ އަސްލު ހިއްޕަވައިގެންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީއަކުން އަންގަވަންވާނެއެވެ. މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.
30 ޛުލްޤައިދާ 1438
22 އޯގަސްޓް 2017
އަޙުމަދު މުއާޛު މުޙައްމަދު
އުލިގަމު ކައުންސިލްގެ ރައީސް