ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ
ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2017/019
އިއުލާން
1 އޮކްޓޯބަރ 2017 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލް 2017" މުބާރާތުގައި ބައިވެރިވާން ބޭނުންވެލައްވާ، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 14 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރާ ފޯރމް ފުރިހަމަ ކުރުމަށްފަހު، 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުން އެދެމެވެ. އަދި މިމުބާރާތަކީ އަންހެން އަދި ފިރިހެން ދެ ޖިންސްއަށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރާ ފޯރމް އަދި މުބާރާތުގެ ޤަވާއިދު މިއެސޯސިއޭޝަންގެ ކައުންޓަރުން ރަސްމީ ދުވަސްދުވަހުގެ ރަސްމީ ގަޑީގައި (ހެނދުނު 09:00 އިން ހަވީރު 16:00އަށް) ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ: މުބާރާތުގެ އޯގަނައިޒިންގ ކޮމިޓީގެ ހެޑް އަލްފާޟިލް އައްސަދު އަބްދުލް ޤަނީ 7941414 އާއި އެވެ.
21 އޮގަސްޓް 2017