ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދަރިވަރުން މެނޭޖްކުރުމަށް ބޭނުންކުރާ ޕްރޮގްރާމް ފެންވަރު މަތިކޮށް އަދާހަމަކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢްލާން

 

ދަރިވަރުން މެނޭޖްކުރުމަށް ބޭނުންކުރާ ޕްރޮގްރާމް ފެންވަރު މަތިކޮށް އަދާހަމަކޮށްދޭނެ ފަރާތެއް ހޯދުމަށް

          އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ލިބިފައި ނުވާތީވެ، ކުރިން ކުރެވިފައިވާ އިޢުލާން ނަންބަރު     170-B/I/2017/92 ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ / ސެންޓަރ ތަކުގައި ކިޔަވާ ދަރިވަރުން މެނޭޖްކުރުމަށް ބޭނުންކުރާ ޕްރޮގްރާމުގެ  ފެންވަރުމަތިކޮށް އަދާހަމަކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          ވީމާ، މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

މައުލޫމާތު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ / ސެންޓަރތަކުގައި ދަރިވަރުންގެ އެންމެހައި ރިކޯޑްތައް މެނޭޖްކުރުމަށްބޭނުންކުރާ އެކްސެލް ޕްރޮގްރާމް ގައި މައިގަނޑުގޮތެއްގައި ހިމެނޭނީ ދަރިވަރުންގެ ހާޒިރީއާއި، ނަތީޖާއާއި، ޓްރާންސްކްރިޕްޓްއާއި، އެގްޒާމް ސްލިޕާއި، އެޓެންޑެންސް ރިޕޯޓް އަދި ދަރިވަރުންނަށް ދޫކުރާ އެކި އެކި ލިޔެކިޔުންތަކަށް ބޭނުންވާ މަޢުލޫމާތެވެ. މައިކްރޯސޮފްޓް އެކްސްއެލްގައި ހަދާފައިވާ މި ޑޭޓާބޭސްއަށް މަޢުލޫމާތުތައް އެޅުމުން މި ޕްރޮގްރާމާއި ގުޅިފައިވާ ހުރިހާ މަޢުލޫމާތެއް އޮޓަމެޓިކުން އަދާހަމަވަމުން ދާގޮތަށް މި ޕްރޮގްރާމް އަޕްގްރޭޑް ކޮށްދިނުން.

          އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 28 އޯގަސްޓް 2017  ވާ ހޯމަ ދުވަހުގެ 13:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.

          އިތުރު މައުލޫމާތު ބޭނުންފުޅު ވެލައްވާނަމަ، ޓެލެފޯން ނަންބަރ 3022120 / 3022115 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

މާރްކްސް ދެވޭނެ މިންގަނޑުތައް

މަސައްކަތުގެ އަގު (6% ޖީ.އެސް.ޓީ އާއި އެކު)

މުއްދަތު

ތަޖުރިބާ

%70

%20

 

          29 ޛުލްޤައިދާ 1438

          21 އޯގަސްޓް 2017

21 އޮގަސްޓް 2017
ހޯދާ