ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުން ކުރަމުން ގެންދާ ބައެއް ހެވީވެހިކަލް ތަކުގެ ފިއުލް ޕަންޕް ސަަރވިސްކޮށް ކެލިބްރޭޓް އަމިއްލަ ތަކެތީގައި،ކަނޑައެޅޭ މުއްދަތަކަށް ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަންބަރު: 113-PRC/I-2017/50 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
24 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 |
30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 12:00 |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.