މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރައިން ރިސާރޗް ސެންޓަރ (ހ.ވައިޓް ވޭވްސް) އިމާރާތުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

 

މިނިސްޓްރީގެ ދަށުން ހިނގަމުންގެދާ މެރައިން ރިސާރޗް ސެންޓަރ (ހ.ވައިޓް ވޭވްސް) އިމާރާތުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 28 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

  • އަންދާސީ ހިސާބު ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ރަސްމީގަޑީގައި މެރިން ރިސާރޗް ސެންޓަރަށް ވަޑައިގެން ތަން އިންސްޕެކްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
  • މުއްދަތަށް  20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ށ. ހުށަހަޅާ ފަރާތާއި ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ އަދި ޓެކްސް ކްލިއަރެންސްހުށަހަޅަންވާނެވެ.

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަން ނުޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރަން ނުޖެހޭކަން ބަޔާންކޮށް މީރާއިން ދޫކުރާ ލިޔުން ހުށަހަޅަންވާނެއެވެ.

ބ. އިމާރާތްކުރުން ނުވަތަ މަރާމާތުކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211 ނުވަތަ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

21 އޮގަސްޓް 2017
ހޯދާ