ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިމިއިދާރާގެ ރަންގަލި ލާންޗުގެ އިންޖީނު މަރާމާތުކުރުމާގުޅޭ

އިޢުލާނު

މިއިދާރާގެ ރަންގަލި ލާންޗުގެ 1 އިންޖީނު ( ޔަމަހާ 4 ސްޓްރޯކް ) މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: ނަމްބަރު: (IUL)237-C/237/2017/17 ( 10 އޮގަސްޓް 2017 ) އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރަން އައިސްފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ.

ވީމާ، މިއިދާރާގެ ރަންގަލި ލާންޗުގެ 1 އިންޖީނު އަމިއްލަތަކެތީގައި މަރާމާތު ކޮށްދެވިދާނެ ފަރާތްތަކުން 2017 އޮގަސްޓް 29 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 2017 ސެޕްޓެންބަރު 05 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. އަތޮޅު ކައުންސިލް އިދާރާގެ ރަންގަލި ލާންޗުގެ 1 އިންޖީނު މަރާމާތުކުރުމުގެ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަކޮށްފައި ނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 އޮގަސްޓް 2017

21 އޮގަސްޓް 2017
ހޯދާ