ދިވެހިރާއްޖެ
އިޢުލާން
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ކުޅިވަރުކުޅޭ ސަރަހައްދު ތަރައްޤީކުރުމަށް މިހާރުއޮތް ފުޓްބޯޅަ ދަނޑު ބޮޑުކޮށް ދެންހުރި ކޯޓްތައް ޤާއިމްކުރުމަށްޓަކައި އެސަރަހައްދުގައި ހުރި ރުއްގަސް ބުޑާއިއެކުނަގާ ބިންސާފުކޮށް ފަސްގަނޑު އެއްވަރުކޮއްދިނުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)313-F/313/2017/72 ( 11ޖުލައި 2017 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްބާއްވާ ބައްދަލްވުން 24 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހު ހެނދުނު 10.00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.
މިމަސައްކަތްކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު 29 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅާ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
1- ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖައްސައިދިނުމަށް ހުށަހަޅާގޮތް.
2- ރުއްގަސް ނަގައިގެން އެހެންރަށަކަށް ގެންދާނަމަ އެކަން.
3- މިތަނުންނަގާ ކުނިބުނި ނައްތާލުމަށް ހުށަހަޅާގޮތް.
4- މިސަރަހައްދުގެ ފަސްގަނޑު އެއްވަރުކުރުމަށް ހުށަހަޅާގޮތް.
5- މިމަސައްކަތް ނިންމުމަން ހުށަހަޅާ މުއްދަތު.
6- މިމަސައްކަތުގެ އިތުރަށް ކޮއްދިނުމަށް ހުށަހަޅާ ކަންކަން.
7- ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ.
8- އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގާއިދޭ ކާޑުގެ ކޮޕީ.
މިހެންވެ މިކަން ޢާއްމްކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޛުލްޤާއިދާ 1438
21 އޯގަސްޓް 2017