ދިވެހިރާއްޖެ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: MRDC/IFB/2017/16
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ލ.ފޮނަދޫ ގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައިކުރުން
މި ކޯޕަރޭޝަންގެފަރާތުން ލ.ފޮނަދޫގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ރޯ މެޓީރިއަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ޑަސްޓް
- އެގްރިގޭޓް
- ބިޓުމެން
- ސީ.އާރު.އެސް 1 (CRS1)
- އެމް.ސީ 30 (MC30)
ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 21 އޮގަސްޓް 2017 އިން 27 އޮގަސްޓް 2017އަށް 09:00 އާއި 15:00 އާއި ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއި އެކު 1,500/- ރުފިޔާ އަށެވެ. އަދި މިފައިސާ އަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ.
ޕްރީ-ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮގަސްޓް 2017 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާކަމެކެވެ.
ބިޑް ހުށައަޅުއްވާނީ 10 ސެޕްޓެމްބަރ 2017 ގެ 11:00 އަށެވެ. އަދި ބިޑް ހުށައަޅުއްވާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި އެވާ އެޑްރެހަށެވެ.
ބީލަން ހުށައަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެސިޓީ އުރައެއްގައި ބަންދު ކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލް އަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ލ.ފޮނަދޫގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައިކުރުން: 10 ސެޕްޓެމްބަރ 2017 ގެ 11:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި އެވާ އެޑްރެހަށެވެ.
މެނޭޖިންގ ޑިރެކަޓަރ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް# 385، މާފަތްތަކުރުފާނުމަގު
މައްޗަންގޯޅި، ޕޯސްޓަލް ކޯޑް: 20386،
މާލެ، ދިވެހިރާއްޖެ
ބީލަން ހުށައަޅާފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 10 ސެޕްޓެމްބަރ 2017 ގެ 11:00 ގައި މިކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމްގައެވެ. ބީލަން ފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.
ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯރޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީއިން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާކުރައްވާ ފަރާތަކާއި މަސައްކަތް ޙަވާލުކުރާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި އެވާ ނަންބަރަށް ގުޅުންވުން އެދެމެވެ.
ފޯން: +960 3320657 ނުވަތަ
ފެކްސް: +960 3317133
އީ-މެއިލް: [email protected]
ވެބް ސައިޓް: www.mrdc.com.mv