ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ ހޯދުމަށް

 

ޝަރަފުއްދީން ސްކޫލް

ހިތަދޫ، އައްޑޫ

 ތާރީޚް: 20 އޮގަސްޓް 2017                                                    ނަންބަރ: GS43-A/2017/21

 

 ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު: 

J-228517

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް .4   

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން:

އިދާރީ

މަސައްކަތް ކުރަންޖެހޭ އޮފީސް:

ޝަރަފުއްދީން ސްކޫލް އޮފީސް / ސ. ހިތަދޫ

މުސާރަ:

-/5020

ސަރވިސް އެލެވަންސް:

-/1500

 

އިތުރު ޢިނާޔަތްތައް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

- ޝަރަފުއްދީން ސްކޫލަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ކުރުން.

2- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާން ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ތައްޔާރުކޮށް މަސައްކަތް ޙަވާލުކުރުން.

3- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ  ވަޒީފާ ބަޔާނުގައި ކަޑައެޅިފައިވާ މަސައްކަތުގެ އިތުރުން ޙަވާލުކުރެވޭ ޒިންމާތައް މުވައްޒަފުންނާއި ޙަވާލުކޮށް މަސައްކަތް ހިންގާނެގޮތް ރޭވުން.

4- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ  އޮނިގަޑާއި މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

5- މުވައްޒަފުނަށް އޮރިއެންޓޭޝަން/އިންޑަކްޝަން ، ޕްރޮގްރާމް/ޓްރޭނިންގ، ޕްރޮގްރާމް ހިންގުން. 

6- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ ޓްރޭނިންގ ރިކްއަރމަންޓް ތައްޔާރުކޮށް ޓްރޭނިންގ ބަޖެޓް ހަދާ ޓްރޭނިންގތައް ހިންގާނެގޮތް ހަމަޖެއްސުން.

 

7- ޝަރަފުއްދީން ސްކޫލުގެ ސްޕަވައިޒަރުންނާއި ގުޅިގެން މުވައްޒަފުންގެ ލީވް ޕްލޭން ތައްޔާރުކުރުވާ ތަންފީޒް ކުރުވުން.

8- ޝަރަފުއްދީން ސްކޫލްގައި މަސައްކަތްކުރާ ކޮންޓްރެކްޓްކޮށް މުވައްޒަފުންގެ ކަންކަން ޤަވާޢިދާއި  އެއްގޮތަށް ހިންގާ ބެލެހެއްޓުން.

9- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ނިންމައި ރިޕޯރޓްތައް ފޮނުވުން.

10- ޝަރަފުއްދީން ސްކޫލްގައި ވޮލަންޓިއަރކޮށް މަސައްކަތްކުރާ ފަރާތްތަކަށް ހަދަންޖެހޭ އެއްބަސްވުން ހަދާ މަސައްކަތް ޙަވާލުކުރެވޭނެ ގޮތް އިންތިޒާމްކޮށް ހިންގުން.

11- ޝަރަފުއްދީން މުވައްޒަފުން އެކިއެކި ކަންކަމުގައި ޢަމަލުކުރަންޖެހޭ ޕޮލިސީތައް މެނޭޖްމެންޓްގެ ލަފަޔާއެކު ހެދުން.

12- ޝަރަފުއްދީން މުވައްޒަފުނަށް ސިވިލް ސަރވިސްގެ ޤަވާޢިދު ހިންގާ މުވައްޒަފުންގެ މައްޗަށް ޤަވާޢިދު ތަންފީޒް ކުރުން.

13- ޝަރަފުއްދީން މުވައްޒަފުންގެ މަސައްކަތުގެ ފެނވަރު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކު މުވައްޒަފުންގެ މަސައްކަތާއިގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މެނޭޖްމަންޓްގެ ލަފައާއި އެއްގޮތަށް އެޅުން.

14- މުވައްޒަފުންގެ ޙާޟިރީއާއި މުސާރައާއި އެލަވަންސްގެ ކަންކަން ޤަވާޢިދު އެއްގޮތަށް ހިންގުން. އަދި އިދާރީ މުވައްޒަފުންގެ ޑިއުޓީތައް ހަމަޖެއްސުން.

15- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ދެމެހެއްޓުމަށްޓަކައި ޕްރޮގްރާމްތައް ރާވާ ހިންގުން.

16- ބިދޭސީ ޓީޗަރުންގެ ވިސާ ރިނިއު ކުރުމާއި އަދި އެކަމާ ގުޅޭ އެއްމެހާކަންތައް ކުރުން.

17- ބިދޭސީ ޓީޗަރުން/ޓީޗަރުންގެ ޑިޕެންޑެންޓުން ފުރުމާއި އެނބުރި އައުމުގެ ކަންތައްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަންޑައަޅާ ތާވަލާއި އެއްގޮތުގެ މަތިން ކުރިއަށްގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުން. 

18- ހިއުމަން ރިސޯސް ސެކްޝަނުގެ އިސް މުއައްޒަފެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 

 

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.މުޢާމަލާތްކުރުމުގެ ހުނަރު.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދުބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭފޯމް މިސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ޝަރުޠު ހަމަވާ ފަރާތްތަކުން 29އޮގަސްޓް 2017ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއިއެކު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަސް ތެރޭގައި ޝަރަފުއްދީން ސްކޫލް ގައެވެ.

ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެމުއްދަތުގައި އިންޓަވިއުއަށް ޙާސިރުވުމަށް ތައްޔާރުވެ ތިބުމަށް އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6887030 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ. 

               

26 ޛުލްޤައިދާ 2017   

20 އޮގަސްޓް 2017    

20 އޮގަސްޓް 2017
ހޯދާ