މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަބްލިކް ޕްރައިވެޓް ޕާރޓްނަޝިޕްގެ އުޞޫލުން ޢާއްމު ވިޔަފާރި ތަރައްޤީކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

މި ކައުންސިލްގެ ބެލުމުގެދަށުގައިވާ ވިޔަވަތި + ބޯދި ގޯތީގެ ހުޅަނގުން އޮތް ހުސްބިން 1500 އަކަފޫޓަށްވުރެ ބޮޑުނުވާގޮތަށް 03 ބަޔަށް ބައިކުރުމަށްފަހު އެއިން ކޮންމެ ބައެއްވެސް 15 އަހަރުދުވަހުގެ މުއްދަތަށް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުޞޫލުން ޢާންމު ވިޔަފާރި ތަރައްޤީކުރުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)321/321/2017/67 އިއުލާނަށް 03 ފަރާތަށްވުރެ މަދުން އެސްޓިމޭޓް ހުށަހަޅާފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލައިފީމެވެ. މި ބިން ތަކަށް އަގުހުށަހަޅުއްވަން ވާނީ އަކަފޫޓަކަށް މަހަކަށް 50/- (ފަންސާސްލާރިއަށްވުރެ) ކުޑަނުވާ ގޮތެއްގެ މަތިންނެވެ. 

 

  • ޕޮއިންޓް ދިނުމުގައި ބެލެވޭނެ މިންގަނޑުތައް:-

މާރކްސްދެވޭ ކްރައިޓީރިއާ

މާރކްސް

ދެވޭގޮތް

ތަފްޞީލް

ފޯމިއުލާ

އަގު

70%

- މާކްސްދެވޭނީ މި ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

- މިގޮތުން އެންމެގިނަ މާކްސްލިބޭނީ އެންމެބޮޑު އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ފައިނޭންސިއަލް ކެޕެބިލިޓީ

20%

- ބޭންކް ސްޓޭޓްމަންޓް ހުށަހެޅުން .

މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން 1,000,000.00 ރ އަކީ އެންމެބޮޑު ޢަދަދެއްގެ މުޢާމަލާތެއް ބޭންކްގައި ކުރެވިފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން  ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

(Submitted High Finance / Benchmark  finance  ) x Allocated Percentage

ތަޖްރިބާ

10%

- މިފަދަ މަސައްކަތެއްގައި ޚިދުމަތްދިން މުއްދަތު

މިގޮތުން އެންމެގިން މާކްސްލިބޭނީ މިކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މިފަދަ މަސައްކަތެއްގައި ޚިދުމަތް ދީފައިވާ އެންމެގިނަ އަހަރުވެފައިވާ ފަރާތް ބެންޗް މާރކެއްގެ ގޮތުގައި ބަލައިގެންނެވެ.

(Submitted High Finance / Benchmark finance) x Allocated Percentage               

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮގަސްޓް 29  ވާ އަންގާރަ ދުވަހުގެ 11:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

28 ޛުލްޤައިދާ  1438

20 އޮގަސްޓް 2017
ހޯދާ