މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ ކައުންސިލުން ރަށުގައި އުފެދޭކުނި އުފުލުމަށްޓަކައި ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

މި އިޢުލާންވަނީ 06 ސެޕްޓެންބަރު 2017 11:14 ގައި ބާތިލް ކުރެވިފައެވެ.


ބ.ތުޅާދޫ ކައުންސިލުން ރަށުގައި އުފެދޭކުނި އުފުލުމަށްޓަކައި ޕިކަޕެއް ގަންނަން ބޭނުންވެއްޖެ 

ބ. ތުޅާދޫ ކައުންސިލުން ތުޅާދޫގައި އުފެދޭކުނި އުފުލުމަށްޓަކައި ތުޅާދޫ ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް  ޕިކަޕެއް ހޯދަން ބޭނުންވެއްޖެއެވެ.

ސަޕްލައިކޮށްދޭންވީ ވެހިކަލާއި ބެހޭ މަޢުލޫމާތު:

ބާވަތް:              ޑީސަލް ޕިކަޕް

މޮޑެލް:              ޓޮޔޯޓާ،ނިސާން،އިސުޒު،އަދި މިޓްސުބިޝީ ( މި މޮޑެލް ތަކުގެ ތެރެއިން މޮޑެލެއް)

ކުލަ:             ހުދު ނުވަތަ ނޫ ކުލަ ( އެއްވެސް ކުރެހުމެއް ނެތް)

ޓަނޭޖް:             1.5 ޓަން

ވޮރަންޓީ:      02 އަހަރު

އަގު:         އަގުގެ ތެރޭގައި ވެހިކލްގެ އަގާއި، ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އަދި ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާގެ ނަމަށް ރަޖިސްޓްރީކޮށްދެވޭ އަގު ވަކިން އެގެން އޮންނަންވާނެއެވެ.

މަސައްކަތުގެ ވެރިފަރާތް: ތުޅާދޫ ކައުންސިލްގެ އިދާރާ

 

ޕޮއިންޓް ދެވޭ އުޞޫލު:-

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު

75%

އެންމެކުޑަ އަގު ހުށަހަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން.(އަގަށް މާރކްސް ދެވޭނީ ވެހިކލްގެ އަގާއި، ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އދި ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާގެ ނަމަށް ރަޖިސްޓްރީކޮށްދެވޭ އަގުތަކުގެ ޖުމްލަ އެއްކޮށްގެންނެވެ.

2

އިންސްޓޯލްމަންޓް

10%

މިބަޔަށް މާރކްސް ދެވޭނީ އެންމެ ދިގު މުއްދަތެއްގެ އިންޓޯލްމަންޓެއް ހުށަހަޅާ ފަރާތް އެއީ ބެންޗްމާރކެއް ކަމުގައި ބަލައިގެންނެވެ.

3

މުއްދަތު

05%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

4

މާލީ ޤާބިލުކަން

2.5%

މަޢުލޫމާތުކަރުދާހުގެ 06 ވަނަ ނަންބަރުގެ 05 ގައިވާ ބުނެފައިވާ ލިޔުންތަކުގެ ތެރެއިން ހުށަހަޅާ ލިޔުންތަކަށް ބަލާފައި 

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 1 ލައްކައިން ދަށްނަމަ، 5 މާކްސް

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 1 ލައްކައިން 2 ލައްކައާއިހަމައަށް 10 މާކްސް

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 2 ލައްކައިން މަތިނަމަ 15 މާކްސް

5

ތަޖުރިބާ

2.5%

06 ވަނަ ނަންބަރުގެ 8 ގައިވާ ލިޔުން (މިބަޔަށް މާކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ.)

- ސަޕްލައިކުރި ވެހިކަލްގެ ޢަދަދު 5 އިން ދަށްނަމަ ކޮންމެ ވެހިކަލަކަށް 1 މާކްސް

- މިޢަދަދު 5 އަށްވުރެ އިތުރުވާނަމަ ޖުމްލަ 5 މާކްސް

6

ވެހިކަލްގެ ކަންޑިޝަން/ ވޮރަންޓީ

 

05%

 

 

އުފެއްދިފަހުން ވީމުއްދަތަށް (އެންމެ ކުރު މުއްދަތަށް އެންމެގިނަ މާކްސްލިބޭގޮތަށް)    5 މާކްސް

އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭފަރާތަކަށް 05 މާރކްސް

 

 

ބީލަމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު:

1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް

2. އެސްޓިމޭޓް/ ކޯޓޭޝަން

3. ޕްރޮފައިލް

4. ވޮރަންޓީ ލެޓަރ

5. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން

6. ތަޖުރިބާ ބަޔާންކުރާ ލިޔުން

7. މާލީ ތަނަވަސްކަން ބަޔާންކޮށްދޭ ލިޔުން

8. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ

9. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 30 ވާ ބުދަ ދުވަހުގެ 13:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު 01 ން 09 ށް ޕްރޮޕޯސަލް އެއްގޮތަށް ހުށަހަޅަންވާނެއެވެ.މި އިޢުލާނާއިގުޅޭ އިތުރު ތަފުޞީލުތައް ހިމެނޭ  ބިޑްފޯމް މި އިދާރާގެ ވެބްސައިޓްhttp://www.thulhaadhoo.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.  ބީލަން ހުށަހަޅާއިރު މަޢުލޫމާތު ކަރުދާހާއި ބިޑުފޯމު ބީލަން ޑޮކިއުމަންޓް ތަކާއިއެކު ހުށަހަޅަންވާނެ އެވެ.

 

ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

25       ޛުލްޤައިދާ   1438

17 އޮގަސްޓް 2017
ހޯދާ