އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ބ.ކަމަދޫ ބައި-އިލެކްޝަންއާ ގުޅިގެން ކެމްޕެއިން ކުރުން މަނާ ވަގުތުތައް

      ނަންބަރު:A)BB-2017/232)

އިޢުލާނު

ބ.ކަމަދޫ ބައި-އިލެކްޝަންއާ ގުޅިގެން ކެމްޕެއިން ކުރުން މަނާ ވަގުތުތައް 

ޤާނޫނު ނަންބަރު 11/2008 "އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު" ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ.

ވީމާ، 2017 އޮގަސްޓު 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބ.ކަމަދޫ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް 2017 އޮގަސްޓު 18 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ން ފެށިގެން 2017 އޮގަސްޓު 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކުރަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

25 ޛުލްޤައިދާ 1438

17 އޮގަސްޓް 2017
ހޯދާ