މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ ބަދަރު ސަަރަޙައްދުގައި ފެރީޓާމިނަލެއް ތަރައްޤީކުރުން

ބ.ތުޅާދޫ ބަދަރު ސަަރަޙައްދުގައި ފެރީޓާމިނަލެއް ތަރައްޤީކުރުން.

ބ. ތުޅާދޫ ބަދަރު ސަރަޙައްދުގައި ފެރީޓާމިނަލް އެޅުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުގައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުޞޫލުން ފެރީ ޓާމިނަލެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން މިއިދާރާގެ ނަންބަރު (IUL)321/321/2017/80      އިއުލާނުގެ މަޢުލޫމާތު ބަދަލުވެފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ފެރީޓާމިނަލް ހަދާ ބިމުން 35 އަހަރުގެ މުއްދަތަށް 1500 އަކަފޫޓްގެ ސަރަޙައްދެއް ވިޔަފާރި ކުރުމަށް ކޮންޓްރެކްޓަރަށް ދޫކުރެވޭނެއެވެ. މިބިމުގެ ކުލީގެ އެންމެ ކުޑައަގަކީ މަހަކަށް އަކަފޫޓަކަށް 50 ލާރި އެވެ.

ޕޮއިންޓް ދެވޭ އުޞޫލު:-

މާރކްސް ދެވޭ

ކްރައިޓީރިއާ

މާރކްސް ދެވޭ ގޮތް

ތަފްޟީލް

ފޯމިއުލާ

ހުށަހަޅުއްވާ ކުއްޔަށް

80%

-        މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ބޮޑު އަގަކަށެވެ.

(Benchmark price/submitted price) x Allocated Percentage

ތަޖްރިބާ

 05%

-        މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ލިޔުންތަކާއެކު) މަސައްކަތުގެ ތެރެއިން އެންމެ ގިނަ މަސައްކަތްކޮށްފައިވާފަރާތަކީ ބެންޗް މާރކެއްކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ.

(Profile marks /Bench mark profile marks) x Allocated Percentage

އިންވެސްޓްކުރާމިންވަރު

 15%

-        މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން އެންމެ ގިނައިން CSR ޕްރްގްރާމްތަކަށް ހަރަދުކުރާފަރާތެއް ބެންޗްމާރކްގެ ގޮތުގައި ބަލައިގެން

Bench mark period /submit period) x Allocated Percentage

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 30 ވާ ބުދަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ސެޕްޓެބަރ 14  ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ.

 

ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

25     ޛުލްޤައިދާ   1438

17 އޮގަސްޓް 2017
ހޯދާ