ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރު (IUL)460-PR/460/2017/10 (25 ޖުލައި 2017) ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް އެކަށީގެންވާ ކަމަށް ނުފެންނާތީ މިއޮފީހުގައި ބޭނުންކުރާ އެއަރކޮންޑިޝަންތައް 1 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 އޮގަސްޓު 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10.00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން:
2017 އޮގަސްޓު 22 ވާ އަންގާރަ ދުވަހުގެ ހެނދުނު 10.00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ގ.ބިއްލޫރިޖެހިގެ
މަޖީދީމަގު
ފޯން: 3010990
ފެކްސް: 3010959
25 ޛުލްޤަޢިދާ 1438