ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

އެޓެންޑެންޓް / ހއ.މުރައިދޫ ޞިއްޙީމަރުކަޒު

ނަންބަރ:(IUL)HAAH-A15/2017/02

މަޤާމް               އެޓެންޑެންޓް

މަޤާމުގެ ނަންބަރ        J-278265

ބޭނުންވާ ޢަދަދު         01 (އެކެއް)

މަޤާމުގެ ގިންތި          ދާއިމީ

މަޤާމުގެ ރޭންކް          އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން    ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން             ހއ. މުރައިދޫ ޞިއްޙީ މަރުކަޒު

މަޤާމު އޮތް އޮފީސް        ހއ. މުރައިދޫ ޞިއްޙީ މަރުކަޒު

ވަޒީފާއަދާ ކުރާ ތަން       ހއ. މުރައިދޫ ޞިއްޙީ މަރުކަޒު

މުސާރަ                މަހަކު 3470.00 ރުފިޔާ

ސަރވިސް އެލަވަންސް މަހަކު  މަހަކު 1000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އިލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީމަރުކަޒުގެ ވޯޑާއި، ކޮންސަލްޓޭޝަން ރޫމް،ޑްރެސިންރޫމް،ލޭބަރ ރޫމާއި އަދި އެހެނިހެން ކުލިނިކަލް އޭރިއާތައް ސާފުކޮށް ބެލެހެއްޓުން.
  2. ޞިއްޙީމަރުކަޒުގެ ވޯޑާއި، އޯ.ޕީ.ޑީ، ވާޑް، ޑްރެސިންގ ރޫމް، އަދި ލޭބަރ ރޫމުގައި ހުންނަ އެންމެހައި އިކްވިޕްމެންޓްސް މަދުވެގެން ދުވާލަކު 1 ފަހަރު ސާފޮކަށް ބެލެހެއްޓުން.
  3. އޯ.ޕީ.ޑީ އަދި ވާރޑްގައި ނަރުހުންނަށް ބޭނުންވާ ތަކެތި ވީއެންމެ އަވަހަކަށް ފޯރުކޮށް ދިނުމާއި އެތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
  4. ބަލިމީހުން އުފުލުމުގައާއި، އެނދުމަތި ކުރެވިފައިވާ ބަލިމީހުނަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި އެކު ބަލިމިހުނަށް ފަސޭހަލުން ހިދުމަތް ލިބޭނެގޮތަށް މަގު ދައްކައި ދިނުން.
  5. ބަލިމީހުން އުފުލަން ޖެހިންގެ ހާލަތެއްގައި ބަލިމީހުން އުފުލުމާއި އަދި ޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހުން.
  6. އޯޕީޑީ އަދި ވާރޑްގައި ނަރުހުންނަށް އެހީތެރިވެދިނުން.
  7. ޞިއްޙީމަރުކަޒުގައި އުފެދޭ ނުރައްކާތެރި ކުނިބުނި (އިންޖެކްޝަން، ސިރިންޖް، ވަޔަލް އަދި އައި.ވީ ލައިން ފަދަތަކެތި) ރައްކާތެރި ގޮތުގައި އިންސިނިރޭޓްކޮށް ނައްތާލުން.
  8. މަރުކަޒުގައި ބަލިމީހުން ބޭނުންކުރާ ބާލިސް، ބާލިސްއުރަ އަދި ބެޑްޝީޓް ގަވައިދުން ބަދަލުކޮށް ދޮވެސާފުކޮށް އިސްތިރިކުރުން.
  9. ޞިއްޙީމަރުކަޒުންހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި، އަދި ވަޒީފާގެ މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަން ކުރުމާއި، އިސްނަގައިގެން ވަޒީފާގެ ޒިންމާ ތަކާއި މަސްޢޫލިއްޔަތު އަދާކުރުން.
  10. ވަޒީފާގެ މާހަޢުލާއި ގުޅޭ ގޮތުން ޞިއްޙީމަރުކަޒުގެ އިސްވެރިން އަންގާ މަސައްކަތް ކުރުމާއި ވީވަރަކުން މަސައްކަތުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް

  1. މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން.
  2. މަޤާމަށް ބެނުންވާ ތަމްރީނެއް/ލައިސަންސެއް/ހުދައެއް/ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވުން.            

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ޖިސްމާނީ ޤާބިލުކަންހުލި މިންވަރާއި ނަފްސާނީ ޤާބިލުކަން ހުރިމިންވަރު.  

 

ހުށަހަޅަންޖެހޭ ލިޔުންތައް

1.ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯރމް ( މިފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ.މުރައިދޫ ޞިއްޙީމަރުކަޒުންވެސް ލިބެން ހުންނާނެއެވެ. )

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް )

3.ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްކަތުގެ ކޮޕީ:

( ހ ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި  ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

 ( ށ ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖެގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 ( ނ ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

6. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

( ހ ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފިހަކުން ދީކޮށްފައިވާ ލިޔުން.

( ށ ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެއްވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތަ ހުށަހަޅާނީ 28 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން، ހއ. މުރައިދޫ ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ ،  [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ސެޕްޓެމްބަރ މަހުގެ ތެރޭގައި ހއ. މުރައިދޫ ޞިއްޙީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30% ( ތިރީސް އިންސައްތަ )

 

އިތުރުމަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500569 ނަންބަރު ފޯނާއެވެ.

 

25 ޛުލްޤައިދާ  1438

17  އޯގަސްޓް 2017

 

17 އޮގަސްޓް 2017
ހޯދާ