ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ތަކެތި ސަޕްލައި ކޮށްދިނުން

`

                                                                         

ށ. އަތޮޅުމަދަރުސާ

ށ. ކަނޑިތީމު / ދިވެހިރާއްޖެ                                  ނަންބަރ:GS34/2017/21

އިޢްލާން

 
   

 

 

ތަކެތި ސަޕްލައި ކޮށްދޭނޭ ފަރާތެއްހޯދުން

 

މި މަދަރުސާގެނަންބަރ: GS34/201720  އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން  އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމަށް ހުޅުވާލަމެވެ.

           ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

2017 އޮގަސްޓް 23 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި.

އަންދާސީހިސާބު ހުށަހެޅުއްވުން

2017 އޮގަސްޓް 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި.

 

 މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

          އަދި ދަންނަވެމެވެ. 2017 އޮގަސްޓް 23 ވާ ބުދަ  ދުވަހުގެ 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          25 ޝައްވާލް 1438      

          17 އޮގަސްޓް 2017

17 އޮގަސްޓް 2017
ހޯދާ