ދިވެހިރާއްޖެ
މިސްކޫލްގެ ސޭފްރޫމް މަރާމާތުކުރުމާއި ބެހޭ
މިސްކޫލްގެ ސޭފްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު (02 ޖުލަައި 2017) GS120/2017/IUL/021 ނަމްބަރ ގެ ބިޑް ކާމިޔާބުކުރެއްވި ފަރާތަށް މަސައްކަތް ކުރެވުން ނެތުމުން، އެއިޢުލާނު ބާތިލްކޮށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމާއި، އަންދާސީހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ ( 2014/18 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ ( 2014/19 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށައެޅުން  | 
| 
 21 އޯގަސްޓް 2017 ( ހޯމަ ) ދުވަހު 10:30 ގައި  | 
 28 އޯގަސްޓް 2017 ( ހޯމަ ) 10:30 ގެ ކުރިން  | 
| 
 ރަސްމާދޫ ސްކޫލު ލައިބްރަރީގައި  | 
 ރަސްމާދޫ ސްކޫލު ލައިބްރަރީގައި  | 
24 ޛުލްގައިދާ 1438
