ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރ ބަދަލުކުރި އިމާރާތުގައި ކުރަންހުރި ބައެއް މަސައްކަތާއި މިމިނިސްޓްރީގެ ގުދަނުގައިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ކުލަޔާއި ދަވާދުލުން
- ދޮރުފަތް ބަދަލުކުރުމާއި މަރާމާތުކުރުން
- ކަރަންޓްގެ މަސައްކަތް ކުރުން
- ދޮރުފޮތި ތައްޔާރުކޮށް ހަރުކުރުން
- އެއަރ ކަންޑިޝަން ނެއްޓުމާއި ހަރުކުރުން
- ދަނގަޑުޓިނުން ފެންސެއް ޖެހުން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް (ވެލާނާގޭ 08 ވަނަފަންގިފިލާ) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ރިޝެޕްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
|
2017 އޮގަސްޓް 16 ވަނަ ދުވަހުގެ 11:00 ށް |
2017 އޮގަސްޓް 20 ވަނަ ދުވަހުގެ 11:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ.
