ދިވެހިރާއްޖެ
މަޤާމް : |
މަސައްކަތު |
މަޤާމް ނަންބަރު : |
117106-J |
ބޭނުންވާ ޢަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ސެކްޝަން: |
ކަސްޓަމަރ ސަރވިސް |
މަޤާމު އޮތް އޮފީސް: |
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / މާލެ. |
މުސާރަ: |
-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ (އެއްހާސް ރުފިޔާ) |
އިތުރު އިނާޔަތްތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތައް: |
އޮފީހުން ބަހަންޖެހޭ ސިޓީ/ޕާރުސަލް ޤަވާޢިދުން ބެހުން. ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުން. ޕްރިންޓް ރޫމުން ކާޑުތައް ދޫކުރުމަށް ގެންގޮސް ދިނުން އޮފީހުގެ އިސްވެރިޔާގެ ކޮޓަރިކޮޅު ސާފުކޮށް ބެލެހެއްޓުން އޮފީހުން ހިންގާ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވުން.
|
މަޤާމުގެ ޝަރުތު: |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށައަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން މަތީތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާ އަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ކައުންޓަރުންލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައާޅާނީ 23 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ13:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 27 އޮގަސްޓ 2017 އާއި 30 އޮގަސްޓް2017 އާ ދެމެދު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގައި އޮންނާނެއެވެ. ވުމާއެކު މިވަޒީފައަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މިވަޒީފައަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރެޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
މިމަޤާމަށް މީހަކު ހޮވުމަށް ކަނޑައެޅިފައިވާ ކްރެޓީރިއާގެ ހުރިހާ ބަޔަކަށް އެންމެ ދައްވެގެން %25 (ފަންސަވީސް އިންސައްތަ) ލިބެން ޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323815 ނަންބަރާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. މެއިލް ކޮށްގެން ހުށައަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ މެއިލް ކުރާ ފަރާތުގެ ޒިންމާއެކެވެ. |
21 ޛުލްޤައިދާ 1438
13 އޮގަސްޓް 2017
ނޯޓް: މިޑިޕާޓްމަންޓުގެ ނަންބަރު: (12)133-AS/133/2017/1އިއުލާން ބާޠިލް ކޮށްފީމެވެ.