ދިވެހިރާއްޖެ
ގދ.ވާދޫގައި އަލަށް ޢިމާރާތްކޮށްފައިވާ މިސްކިތުގެ ބައުންޑްރީގައި ގާއެތުރުން
ގދ.ވާދޫ ގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތުގެ ގޯތިތެރޭ 21000 އަކަފޫޓުގައި ގާއެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ،މި ދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
ޕްރޮޕޯސަލް ހުށަހެޅުމަށް ހާޒިރުވުން |
21 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ 10:30 އަށް |
28 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
21 ޒުލްޤައިދާ 1438
13 އޯގަސްޓް 2017
މުޙައްމަދު ވަޙީދު
ކައުންސިލްގެ ރައީސ