| 
 މަޤާމް : 
 | 
 މާރކެޓިންގ އެގްޒެކެޓިވް 
 | 
 ބޭނުންވާ އަދަދު: 
 | 
 1 ( އެކެއް ) 
 | 
| 
 މުސާރައާއި އެލަވަންސް: 
 | 
   
- މުސާރަ: މަހަކު -/7259 ރުފިޔާ ( ހަތްހާސް ދުއިސައްތަ ފަންސާސް ނުވަ ރުފިޔާ)
 
- ސަރވިސް އެލަވަންސް: މަހަކު -/3510 ރުފިޔާ ( ތިންހާސް ފައްސަތޭކަ ދިހަ ރުފިޔާ)
 
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
 
 
  
 | 
| 
 އޮފީސް : 
 | 
 މޯލްޑިވްސް ޕޯސްޓް ލިމިޓެޑް   
 | 
| 
 މަޤާމްގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް 
 | 
   
- ޕްރޮމޯޝަންތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްކުރުން
 
- މާރކެޓް ރިސާރޗް ހެދުން ފަދަ މަސައްކަތްތައް
 
- ޕްރޮޑަކްޓް މާރކެޓްކުރުމުގެ މަސައްކަތްތައް
 
 
 | 
| 
 ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 
 | 
- ބިޒްނަސް  އަދި  މާރކެޓިންގ ދާއިރާއިން  ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު  2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
 
- ކަންކަމުގައި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުމާއެކު ނުރަސްމީ ގަޑިތަކުގައާއި ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
 
- ދަތުރު ފަތުރުކޮށް އުޅުމުގެ ދަތިކަމެއްނެތް ފަރާތަކަށްވުން
 
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
 
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.  
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
 
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
 
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )
 
 
 | 
| 
 ސުންގަޑި: 
 | 
 މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 އޮގަސްޓް 20  ވާ އާދީއްތަ  ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. 
 | 
| 
 އިންޓަވިއު: 
 | 
 އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 
 | 
| 
 ސިޓީ އެޑްރެސްކުރާނެ ގޮތް: 
 | 
 މެނޭޖިންގ ޑިރެކްޓަރ 
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 
މާލެ، ދިވެހި ރާއްޖެ 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
 
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ،  3009271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
 
 
 |