ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. އަތޮޅު ކައުންސިލް އިދާރާ އާއި ގެސްޓްހައުސް ގޯތީގެ އިންފާރު ރޭނުން

މި ކައުންސިލްގެ ގޯއްޗާއި ގެސްޓްހައުސް ގޯތިގެ އިންފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)240-CA/240/2017/35 ( 18 ޖުލައި 2017 ) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ  އެ އެސްޓިމޭޓުތައް ބާޠިލް ކުރުމަށްފަހު އެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ހަތަރުވަނަ ފަހަރަށް އިއުލާނުކުރީމެވެ.

 

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޮގަސްޓް 21 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 28 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

09 އޮގަސްޓް 2017
ހޯދާ