ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

                                                               ނަންބަރ : 411-B/IUL/2017/12

ވަޒީފާގެ ފުރުޞަތު

 

މަޤާމު :               އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:        J-226465

ބޭނުންވާ އަދަދު:               01

މަޤާމުގެ ގިންތި:               ދާއިމީ

މަޤާމުގެ ރޭންކް:               ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:   އޮފިސަރ ގްރޭޑް 1

ސެކްޝަން:              ކޯޕަރޭޓް އެފެއާރޒް

މަޤާމް އޮތް އޮފީސް:       ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭތަން:  ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ

މުސާރަ:                     4465.00

ސަރވިސް އެލަވަންސް:           1500.00

އިތުރު ޢިނާޔަތްތައް:       1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި

ވާޖިބުތައް:             1. ކައުންސިލްގެ އިދާރާއަށް ޖެމްސް އަދި އީމެއިލް މެދުވެރިކޮށް ލިބޭ ސިޓީ / މެސެޖްތައް

ބަލައިގަތުން.         

2. ކައުންސިލް އިދާރާއަށް އަންނަ ސިޓީ / މެސެޖް ތަކާއި އެހެނިހެން ތަކެތި ބަލައިގަނެ،

 އެތަކެތި އެންޓަރކޮށް ކަމާއިބެހޭ ޔުނިޓްތަކަށް ޙަވާލު ކުރުން.

3. ދުވަހުން ދުވަހުން މަސްވެރިކަމުގެ ރިޕޯޓް ތައްޔާރު ކޮށް ކަމާއި ބެހޭ ފަރާތަށް ފޮނުވުން.

4. މަސްދޯނި ފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެދުމާއި ، މަސްވެރިކަމުގެ ލައިސަންސް

 ހެދުމުގެ މަސައްކަތް ކުރުން. 

5. ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ވޯޓާސް ރަޖިސްޓްރީ

 އަޕްޑޭޓްކޮށް ބެލެހެއްޓުން.

6. ވިހާ މަރުވާ ބެލެހެއްޓުމާއި،އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާއި،އައިޑީކާޑް ހެދުމާއިބެހޭ

 މަސައްކަތް ކުރުން.

7. ޢުމުރުން 65 އަހަރު ވުމަށްފަހު އަސާސީ ޕެންޝަން ޙައްޤުވާ ފަރާތްތަކުގެ ރަޖިސްޓްރީ

 (ދަފްތަރު) ބެލެހެއްޓުމާއި، އެކަމާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.

8. ހުކުރު ، ޢީދު ޚުޠުބާ ތައް ޑައުން ލޯޑް ކުރުމާއި ، ކަމާއިބެހޭ އިމާމުންނާއި ، ހުކުރު

 ނަމާދާއި، ޢީދު ނަމާދު އަދި ކޭތަ ނަމާދު ތަރުތީބުން ޙަވާލުކުރުން. (ހުކުރު ޚުޠުބާ ޙަވާލު

 ކުރާނީ ކޮންމެ ބްރާސްފަތި ދުވަހަކު ، އަދި ޢީދުނަމާދާއި ، ކޭތަ ނަމާދުފަދަ ނަމާދުތައް

 ކުރަން ހަމަޖެހިފައި އޮންނަ ދުވަހުގެ ކުރީ ދުވަހު ޙަވާލު ކުރުން.)

9. އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ

 މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

10. ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ

 ދުވަސްތަކުގައި އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޙަވާލު ކުރެވިއްޖެ

 ހިނދެއްގައި އެމަސައްކަތް ކުރުން.

               

މަޤާމުގެޝަރުޠުތައް:      1. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ބިޒްނަސް މެނޭޖްމެންޓް / ބިޒްނަސް

 އެޑްމިނިސްޓްރޭޝަން / އިންފޮރމޭޝަން ޓެކްނޯލޮޖީ ނުވަތަ ހިޔުމަންރިސޯސް މެނޭޖްމެންޓް

 ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް

 ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ

 މަސައްކަތު ތަޖުރިބާ ލިބިފައިވުން،

                   

ނުވަތަ

 

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

    

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:           ލިބިފައިވާ ތަޢުލީމާ ތަޖުރިބާ އަދި އިންޓަރވިއުއަށް

                    

ހުށަހަޅަންޖެހޭ ލިޔުންތައް:        1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

    3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ

 ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން

 ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

    5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

        (ހ) މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ

 ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން

 ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ

ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ

 ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި

 ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން

 ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ

 ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ

 ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި

 މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ

އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި

 މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި

ސުންގަޑި:             ވަޒީފާއަށް އެދޭފޯމު ދެއްވަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮގަސްޓް 2017ވާ އާދީއްތަ ދުވަހުގެ

 13.00ގެ ކުރިން، ދެއްވަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް

އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ

 [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ

 ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ

ތަނާއި މުއްދަތު:              މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 23 އޮގަސްޓް 2017 އާއި 29 އޮގަސްޓް

 2017 އާ ދެމެދު ދެއްވަދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މިވަޒީފާއަށް

 ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން

 ތިބުން އެދެމެވެ.

 

ޝޯޓްލިސްޓްކުރުން:     މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި

 ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް

 ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

    

މަޤާމަށް މީހުން ހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ

ދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ:            މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން

 %30 ލިބެން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:        މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމަށް ގުޅުއްވާނީ 6820023 ނުވަތަ 7996606

ނަންބަރ ފޯނަށެވެ.

 

18 ޛުލްޤައިދާ 1438

10 އޮގަސްޓް 2017 

10 އޮގަސްޓް 2017
ހޯދާ