| 
 މަޤާމު: 
 | 
 ޑިރެކްޓަރ 
 | 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 ގްރޭޑް 
 | 
 7 
 | 
 ސްޕައިން ޕޮއިންޓް: 
 | 
 40 
 | 
| 
 އޮފީސް: 
 | 
 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު 
 | 
 ޑިޕާޓްމަންޓް: 
 | 
 ހިއުމަން ރިސޯސް 
 | 
| 
 މުސާރަ: 
 | 
 މަހަކު 12,687.50 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު  5,437.50ރުފިޔާ 
 | 
| 
 އިނާޔަތްތައް 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ. 
 | 
| 
 މަޤާމުގެ ޝަތުރު 
 | 
- މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭ ލެވެލް 9 އެއްގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ،
 
- މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭ ލެވެލް 7ގެ ސަނަދަކަށްފަހު 4 އަހަރު ދުވަހުގެ ތަޖްރިބާ ހޯދާފައިވުން. ނުވަތަ،
 
- 15 އަހަރު ދުވަހުގެ މެނެޖްމަންޓް ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. އޭގެ ތެރޭގައި ގްރޭޑް 6 ގައި ހިމެނޭ މަޤާމެއްގައި މަދުވެގެން 5 އަހަރު ޚިދުމަތްކޮށްފައިވާންވާނެ.
 
 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- މަޤާމުތަކަށް މީހުން ހަމަޖެއްސުމާއި، ވަޒީފާ /ބަދަލު ކުރުމާއި/ވަކި ކުރުމުގެ ކަންތައް ޤައުމީ ޔުނިވަރސިޓީގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކުރުވުން.
 
- ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގެ ރަޖިސްޓްރީތައް އަޕްޑޭޓްރޯ މޮނިޓަރކުރުން.
 
- ހުސްވާ މަޤާމްތަކަށް މީހުން ހޯދުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން (އިޢުލާންކުރުން، އިންޓަރވިއުކޮށް މީހުން ހޮވުން).
 
- ބިދޭސީ މުވައްޒަފުން މާލެ އައުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސައި، ޤަވާއިދުން އެ މީހުންގެ ވާރކް ވިސާ ކާޑު އަދި ވިސާފީ ދެއްކުމުގެ ކަންތައްތައް ރާވާ ހިންގުން.
 
- ވަޒީފާ ދެއްވާ މުވައްޒަފުންނާއި، ވަކިކުރާ މުވައްޒަފުންގެ މުސާރަ ސެޕް ސިސްޓަމް އިން ދެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ދިމާވާ މައްސަލަތައް ހައްލުކުރުން.
 
- ޔުނިވަރސިޓީގެ ޕްރޮމޯޝަން ބޯޑަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ނިންމުންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.
 
- ޔުނިވަރސިޓީގެ ޕްރޮމޯޝަން ބޯޑުގެ ނިންމުންތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
 
- ޕްރޮމޯޝަނާ ގުޅިގެން މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ރާވާ ހިންގުން.
 
- ޔުނިވަރސިޓީގެ މުވައްޒަފުންނާ ބެހޭ ސިޔާސަތުތަކާ އުސޫލުތައް އެކުލަވާލުމާއި، ގެންނަން ޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
 
- ޑިޕާޓްމަންޓްގެ ކުރެވޭ މަސައްކަތްތައް މޮނިޓަރކޮށް އެ މަސައްކަތްތައް ހަލުވިކުރުވައި ތަރައްޤީ ކުރުން. 
 
- މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައް ހަމަޖެހިފައި އޮންނަ އުޞޫލުގެ މަތިން ހަމަޖެއްސުން.
 
- މުސާރަޔާއި އެލަވަންސް މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރޭތޯބަލާ ޖަމާކުރެވުނު ތާރީޚް ލިޔުއްވާ މުސާރަ ސްލިޕްތައް ހައްދައި އެ މުވައްޒަފުންނަށް ރައްދުކުރުވުން.
 
- ޕެންޝަން ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ މަޢްލޫމާތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ފޮނުވުމުގައި ދިމާވާ މައްސަލަތައް ހަމަޖެއްސުން.
 
- އެޗް.އާރް ސިސްޓަމްގެ އެޑްމިނިސްޓްރޭޓަރަރ ގުޅިގެން ސިސްޓަމް ފަންކްޝަންކުރުވާ، މީގެ އިތުރަށް ތަރައްޤީކޮށް މި ސިސްޓަމްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަކަށް މަސައްކަތްކޮށް މި ކަމާ ގުޅޭ ތަމްރީން ހިންގުން.
 
- ސެކްޝަންގައި ކުރެވޭ މަސައްކަތްތައް މޮނިޓަރކޮށް އެ މަސައްކަތްތައް ހަލުވިކުރުވައި ތަރައްޤީ ކުރުން.
 
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
 
- މީގެ އިތުރުންވެސް ޙަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.
 
 
 | 
| 
 އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
   
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއިތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ. 
http://mnu.edu.mv/images/downloads/Job%20Application.pdf 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ(އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުންނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
 
ނޯޓް: 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
 
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
 
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށްކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރއޮފީހުގެ ލިޔުމެކެވެ.
 
 
 | 
| 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:    
 | 
 2017 އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް 
 | 
| 
   
އިތުރު މަޢުލޫމާތު: 
 | 
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަމްބަރު ފޯނާއެވެ.
 
 
 |