މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށި ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

                                                                               

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ރ. އިންނަމާދޫ، ދިވެހިރާއްޖެ

                                

ނަންބަރު:  (IUL)307/INDIV/2017/34

އިޢުލާން

މިރަށުގައި ބަށި ކޯޓެއް އެޅުމާއިބެހޭ:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތަށް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަންކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 21 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:15 އަށް މި މިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން  އަންދާސީހިސާބު ހުށަހެޅުއްވުން  އެދެމެވެ.  އަންދާސީހިސާބު  ބަލައިގަތުން  އޮންނާނީ 2017 އޮގަސްޓް 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:15 ގައެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީހިސާބު ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީހިސާބު ކެނޑުން ބޭއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރިކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16ޛުލްޤައިދާ 1438

08 އޮގަސްޓް 2017

08 އޮގަސްޓް 2017
ހޯދާ