ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު ބަނދަރު ސަރަޙައްދުގައު ގައު އެތުރުމަށް ބޭނުންވާ ތަކެތި ގެނެސްދޭނެ ފަރާތެއް ހޯދުމަށް.

              ހއ.ބާރަށު ޖެޓީ ސަރަޙައްދުގައި ގައު އެތުރުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މާލެއިން ހއ.ބާރަށަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ގެނައުމަށް ބޭނުންވާ ތަކެތި (ލޯޑިންގް އަދި އަންލޯޑިންގް ހިމެނޭގޮތައް)

  1. 50’000 ގައު (ޕޭމަންޓް ގައު)
  2. 30 ކޮތަޅު ސިމެންތި
  3. 60 ކޮތަޅު ހިލަވެލި
  4. 90 ކޮތަޅު ހިލަ
  5. 01 ކޮމްޕެކްޓަރ

             ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަނަންވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ

15 އޯގަސްޓް 2017 (އަންގާރަ) ދުވަހުގެ 13:00އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ

17 އޯގަސްޓް 2017 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

               އަދި މިއިދާރާއިން ކުރި ނަމްބަރު (IUL)257/257/2017/36 (30 ޖުލައި 2017) އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

               17 ޛުލްޤައިދާ 1438

                09 އޯގަސްޓް 2017

09 އޮގަސްޓް 2017
ހޯދާ