މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ޤާނޫނު ނަންބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) ގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ  ، މ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މުއްދަތު ، 29 ސެޕްޓެމްބަރ 2017 ވަނަ ދުވަހު ހަމަވާނެތީ ، 29 ސެޕްޓެމްބަރ 2017 އިން ފެށިގެން ކުރިޔަށް އޮތް 3 އަހަރު ދުވަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 5 މެމްބަރުން އިންތިހާބު ކުރުމަށް ބޭނުންވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ، 2017 ސެޕްޓެމްބަރ 16 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގަވައިދު ނަންބަރު 2012/R-14 ( އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގަވައިދު ) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ، މި ދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކުންކުރެ ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް ، 2017 އޮގަސްޓު 8 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2017 އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އާ ހަމަޔަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

 

 

  1. 1.             ޤަވައިދު ނަންބަރ 2012/R-14 ( އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގަވައިދު ) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) އެ ރަށެއް ނުވަތަ އެ ސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 ( އަށާރަ ) އަހަރުވެފައިވާ ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއް ކަމުގައިވުން

(ށ) އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން

(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރު ހުރި މީހަކު ކަމުގައިވުން

(ރ) ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން

(ބ) ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން

(ޅ) އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުން

(ކ) މުސްލިމަކު ކަމުގައިވުމާއި ، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން

(އ) ފުލްޓައިމު ދަރިވަރަކު ކަމުގައި ނުވުން

(ވ) ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެ ހުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން

(މ) ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން

 

2- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ އިރު ، އަންނަނިވި މަޢުލޫމާތާއި ތަކެތި ، މުލަކަތޮޅު މަޑުއްވަރީ އިލެކްޝަން ކޮމެޓީއަށް ހުށަހަޅަންވާނެއެވެ.

(ހ) ފުރިހަމަ ނަން

(ށ) އުފަން ތާރީޚު

(ނ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ( ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ އަކާއި އެކު )

(ރ) ދާއިމީ އެޑްރެސް ( އަތޮޅާއި ރަށާއި އެޑްރެސް އެނގޭ ގޮތަށް )

(ބ) މިހާރު ދިރިއުޅޭ އެޑްރެސް ( އަތޮޅާއި ރަށާއި އެޑްރެސް އެނގޭ ގޮތަށް )

(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް

(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދަޢުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން

(އ) އެ މީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަސްތުކުރާނަމަ އެ ނިޝާން

(ވ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ، ރަށު / ސިޓީ އިލެކްޝަން ކޮމެޓީއަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި ، ޤަވައިދު ނަންބަރު 2012/R-14 ( އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގަވައިދު ) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް ( އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ ) އިޤުރާރުވެ ، އެ އިޤުރާރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓި އަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 2017 އޮގަސްޓު 8 ވާ އަންގާރަދުވަހުގެ 9:00 އިން ފެށިގެން 2017 އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 13:30 އާއި ހަމަޔަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިންނެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއް ނަމަ ، ފޯމް ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2017 ސެޕްޓެމްބަރ 16 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 ( ތިރީސް ) މިނިޓުގެ ފަހުންނެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ 2017 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހުއެވެ. 

07 އޮގަސްޓް 2017
ހޯދާ