ދިވެހިރާއްޖެ
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މުލަކަތޮޅު މަޑުއްވަރީގައި ޤާއިމުކުރެވޭ ބަށި ކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މ.މަޑުއްވަރީ ކައުންސިލްގެ ނަންބަރު : (IUL)369-AS/369/2017/26 ( 03 އޮގަސްޓު 2017 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
މި މަސައްކަތް ކޮށްދެއްވުމަށް އެދޭ ފަރާތްތަކަށް 10 އޮގަސްޓު 2017 ވަނަ ދުވަހުގެ 8:00 އިން ފެށިގެން 15 އޮގަސްޓު 2017 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ( ރަސްމީ ދުވަސްތަކުގައި ) މަޢުލޫމާތު ސާފުކުރައްވަވާ 21 އޮގަސްޓު 2017 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހަޅާ ދެއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމަށް ކަނޑައަޅައި ބުނެފައިވާ ދުވަސްތަކުގައި ( 10 އޮގަސްޓު 2017 ވަނަ ދުވަހުގެ 8:00 އިން ފެށިގެން 15 އޮގަސްޓު 2017 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް – ކައުންސިލް އިދާރާ ހުޅުވާފައި ހުންނަ ރަސްމީ ދުވަސްތަކުގައި ) މަޢުލޫމާތު ފޯނުންވެސް ސާފުކޮށްދެވޭނެއެވެ. އެ ފަރާތަކުން ބުނުއްވާ މެއިލް އެޑްރެސް އަކަށް ނުވަތަ ވައިބަރ ނަންބަރ އަކަށް ލިޔުމުން ދެވޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ނަންބަރު 6720032 މި ނަންބަރު ފޯނާއެވެ. މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައަޅައިފައިވާ ދުވަސްތަކުގައި މަޢުލޫމާތު ފޯރުކޮށްދެމުން ގެންދާނީ މި އިދާރާ ހުޅުވިފައިވާ ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. ( ހެނދުނު 8:00 އިން ފެށިގެން މެންދުރު 14:00 އަށް )
މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭ ފަރާތްތަކަށް މަޢުލޫމާތު ލިޔުން ދޫކުރުން ( 10 އޮގަސްޓު 2017 ވަނަ ދުވަހުގެ 8:00 އިން ފެށިގެން 15 އޮގަސްޓު 2017 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް – ކައުންސިލް އިދާރާ ހުޅުވާފައި ހުންނަ ރަސްމީ ދުވަސްތަކުގައި ) ކުރިޔަށް ދާނެއެވެ.
މަޢުލޫމާތު ސާފުކޮށްފައިނުވާ އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮތް ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަވާނީ ސިޓީ އުރައަކަށްލާ ބަންދުކުރައްވައިގެން ހުށަހަޅުއްވަން އޮތް ގަޑިއަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ.
އަންނަނިވި ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާތިލުކުރެވޭނެއެވެ.
- · އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- · އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުލަބު/ ޖަމުޢިއްޔާ އެއް ނަމަ ކުލަބު/ޖަމުޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީ
- · އަމިއްލަ ފަރާތެއް ނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
- · ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
- · ހުށަހަޅުއްވަން ދުރުވާ ފަރާތުގެ އައިޑީކާޑުގެ އަޞްލު
- · ކުންފުނި/ ކުލަބު ޖަމުއިއްޔާ އިން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތު އަންގައިދޭ ރަސްމީ ލިޔުން
މި މަސައްކަތަކީ ވަރަށް އަވަހަށް ކޮށް ނިންމުމަށް މި އިދާރާއިން ބޭނުންވާ މަސައްކަތަކަށް ވާތީ އާއި އަދި މި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް 3 ފަހަރަށް ވުރެ އިތުރަށް އިޢުލާންވެސް ކުރެވިފައިވާތީ ، މި އިޢުލާނާއި ގުޅިގެން 1 ( އެކެއް ) ފަރާތުން ކުރިމަތިލި ކަމުގައި ވީނަމަވެސް އެ ފަރާތަކަށް މި މަސައްކަތް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި އިދާރާގެ ފަރާތުން ކުރާނެ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.