ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ ކުނިކަހާ ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރASMH-PS/2017/04 (23ޖުލައި2017) އިއުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 13 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހު 11:00 އަށް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތުސާފު ކުރެއްވުމަށްފަހު 17 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހު 11:00 އަށް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
މަޢުލޫމާތުސާފު ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާ ފަރާތް ފިޔަވާއެހެން ފަރާތެއް މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އެކު ފޮނުއްވެވުން އެދެމެވެ.
09 އޮގަސްޓް 2017