ދިވެހިރާއްޖެ
`
ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ
ކަލައިދޫ،
ދިވެހިރާއްޖެ.
ނަންބަރު: 20456-IUL/2017/
އިޢުލާން
މަސް ކައްކާހިއްކުމާއި މަހުގެ ވިޔަފާރިކުރުމަށް މިރަށުން ބިންދޫކުރުން
މަސް ކައްކާހިއްކުމާއި މަހުގެ ވިޔަފާރިކުރުމަށް މިރަށު ބަނދަރު ސަރަހައްދުން 4000 އަކަފޫޓުގެ 2 ބިން 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.
ވީމާ، މިބިންތައް ކުއްޔަށް ނަންގަވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 29 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑުހުށަހެޅުމަށް ދަންނަވަމެވެ.
ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު:
އަގު |
ޕްރޮޕޯސަލް |
ރަޖިސްޓްރީކޮށްގެން މަސްކައްކާ ހިއްކުމާއި މަހުގެ ވިޔަފާރިކުރާ ފަރާތްތައް |
ޖުމްލަ ޕޮއިންޓް |
60 |
25 |
15 |
100 |
ބިޑު ކާމިޔާކުރާފަރާތަކީ މި އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭފަރާތެވެ.
މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްކުރެވޭނެވާހަކަވެސް ދެންނެވީމެވެ.
16 ޒުލްޤައިދާ 1438
08 އޮގަސްޓް 2017
ޚާދިމްކުމް
ޙުސައިން ޚަލީލް
ކައުންސިލްގެ ރައީސް