ދިވެހިރާއްޖެ
ށ.ކަނޑިތީމުގެ ބަނދަރު އަދި ތަޤުވާ މިސްކިތުގެ ޝަރަހައްދުގައި މިއިދާރާއިން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ކުރެވުނު ނަމްބަރ: (IUL)271-ESMS/271/2017/07 (16 ޖުލައި 2017) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައިނުވާތީ، އަލުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
މި މަޝްރޫއާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2017 އޮގަސްޓް 16 ވާ ބުދަ ދުވަހު މެންދުރުފަހު 1:00 ށ.ކަނޑިތީމު ކައުންސިލް އިދާރާގައެވެ. ބިޑު ހުޅުވުން އޮންނާނީ 2017 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު1:00 ށ.ކަނޑިތީމު ކައުންސިލް އިދާރާގައެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަޝްރޫޢުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ، ބިޑު ހުށަހެޅުމަށް ދަޢުވަތު ހުޅުވާލަމެވެ. ބިޑު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފަވައި ބީލަން ފޮތުގައެވެ. މިފޮތް ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 10:00 މެންދުރުފަހު 13:30 ށ.ކަނޑިތީމު ކައުންސިލް އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އުރައިގެ ބޭރުގައި ތިރީގައި މިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
(ހ) { ށ.ކަނޑިތީމުގެ ބަނދަރު އަދި ތަޤުވާ މިސްކިތުގެ ޝަރަހައްދުގައި ވާރާފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް } މި އިބާރާތް
(ށ) ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ފޯންނަމްބަރު
(ނ) ބީލަން ހުށަހަޅާ ތާރީހާއި ވަގުތު
މަޢޫލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯނާނެވާހަކަ ދަންނަވަމެވެ.
17 ޛުލްޤައިދާ 1438
09 އޮގަސްޓް 2017