ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރ MNU-CA-FNP/2017/31 ގެ މަޢުލޫމާތު ޝީޓަށް ބަދަލު އައިސްފައިވާތީ އެއިޢުލާން ބާތިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.
ވީމާ، މިކަމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2017 އޮގަސްޓް 14 ވަނަދުވަހުގެ 10:00 އަށް މި ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮގަސްޓް 16 ވަނަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
17 ޛުލްޤައިދާ 1438
09 އޮގަސްޓް 2017
