ދިވެހިރާއްޖެ
އިޢުލާން
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގައި ކުރަންހުރި ބައެއް މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަމްބަރ : O8C-A/2017/05 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާނު ބާޠިލް ކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ 13:30 އަށް ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އޯގަސްޓް 2017 ވާ ހޯމަ ދުވަހު 13:30 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
16 ޛުލްޤަޢިދާ 1438
08 އޯގަސްޓް 2017