ދިވެހިރާއްޖެ
ނަމްބަރ: GS-26/IUL/2017/27
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިމަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އެއްއަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ GS-26/IUL/2017/18 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ތެރޭގައި ކޮލިފައިވާ ބަޔަކު ނެތުމާއި މިނިސްޓްރީގެ އުސޫލްތަކާއި އެއްގޮތަށް ޑޮކިޔުމަންޓް ފުރިހަމަ ކުރެވިފައިނުވާތީ، އެ އަންދާސީ ހިސާބުތައް ބާތިލުކޮށް ތިންވަނަ ފަހަރަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި މަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަރުކަޒަށް ބަލައިގަންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ގެންދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށް ވެސް އެއްފަރާތެއްގެ ނަމުގައެވެ.
16 ޒުލްޤައިދާ 1438
08 އޮގަސްޓް 2017