މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމްކުރުމާއިބެހޭ

 

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ރ. އިންނަމާދޫ، ދިވެހިރާއްޖެ

ނަންބަރު: IUL)307/INDIV/2017/32) 

 ބީލަން ހުށަހެޅުމުގެ ދައުވަތު

ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމްކުރުމާއިބެހޭ؛

  1. ރ.އިންނަމާދޫގެ ބައު އޮފީސް ގޯތިތެރޭގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

 ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:30 ރ.އިންނަމާދޫގެ ކައުންސިލް އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

 2. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2017 އޮގަސްޓް 20 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި ރ.އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލް ގައެވެ.

 3. ބިޑް ހުޅުވުން އޮންނާނީ 2017 އޮގަސްޓް 30 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ރ.އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލް ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "ރ.އިންނަމާދޫގެ ބައު އޮފީސް ގޯތިތެރޭގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު.

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޛުލްޤައިދާ 1438

06 އޮގަސްޓް 2017

06 އޮގަސްޓް 2017
ހޯދާ