ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ ، ދިވެހިރާއްޖެ
ނަމްބަރު:GS123/EST/IUL/2017/16
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ މި ދަންނަވާ މަސައްކަތްތައް ކުރަން ބޭނުންވާތީ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވިދާނެ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- 2 ކިލާސްރޫމުގެ ކުޑަދޮރުތައް ނެގުމާއި، ނެގި ކުޑަދޮރުތަކާއި ދޮރުފަތް ތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލު ކޮށް ޢިމާރާތުގައި ހަރުކުރުން.
- ސްކޫލުގެ ޢިމާރާތްތަކުގެ ކޮޅު އަސްކަނިތަކުން ފީވެފައިވާ ތަންތަން މަރާމާތުކުރުން.
- ސްކޫލް ގޭޓާއި ވަށާފާރު މަރާމާތުކުރުމާއި، ކުލަ ދަވާދުލުން
- އޮފީސް ބައިގައި ފައިލިންގެ ރެކް ހެދުން
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
2017 އޯގަސްޓް 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް |
2017 އޯގަސްޓް 16 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހަށަހެޅުއްވުމަށް ބަޔާންކުރެވިފައިވާ ދުވަސްތަކުގެ ބަޔާންކުރެވިފައިވާ ގަޑިތަކުގައި ވަޑައި ގަންނަވާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޒިރު ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަމްބަރ 6580359 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
16 ޛުލްޤަޢިދާ 1438
8 އޯގަސްޓް 2017