މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

އިޢުލާން

 

ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

 

ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓްގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިކޯޓުންކުރި ނަންބަރު D12C-A/2017/04  އިޢުލާނާއިގުޅިގެން އަންދާސީހިސާބު ހުށަހެޅިފަރާތްތަކުން، އެއިޢުލާނާއިގުޅިގެން ދެވުނު މަޢުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ގޮތައް، އަންދާސީހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް ހުށަހަޅާފައި ނުވާތީވެ އެއިޢުލާން ބާތިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 2017 އޯގަސްޓް 15 ވަނަ ދުވަހުގެ 11:00 އަށް ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 22 އޯގަސްޓް 2017

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓް

15 ޒުލްޤައިދާ 1438

07 އޯގަސްޓް 2017

07 އޮގަސްޓް 2017
ހޯދާ