ދިވެހިރާއްޖެ
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: ޖީ. އެސް 3
މަގާމުގެ ނަމްބަރު: J-126022
ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1
މުސާރަ : -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ސ.އަތޮޅުމަދަރުސާ
ވަޒީފާއަދާކުރަންޖެހޭ ތަން: ސ.އަތޮޅު މަދަރުސާ / ހުޅުދޫ މީދޫ
ގިންތި: ދާއިމީ
ސެކްޝަން : އިދާރީ
އިތުރު އިނާޔަތްތައް:
1.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ހަރުމުދަލުގެ ރެޖިސްޓްރީ ބެލެހެއްޓުން.
- ސިޓީ / މެސެޖް ލިޔުން
- މުވައްޒަފުންގެ ރެކޯޑާއި (މުވައްޒަފު ވަޒީފާ ހަމަޖެހުނު ތާރީޚް/ވަކިވި ތާރީޚް/ވަޒީފާބަދަލުވި ތާރީޚް/ޕްރޮމޯޝަން ލިބުނު ތާރީޚްފަދަ ރެކޯޑްތައް) ހާޒިރީ ބެލެހެއްޓުން އަދި ހާޒިރީ ރިޕޯޓް ތައްޔާރުކުރުން. (ކޮންމެ މީލާދީ މަހެއް ނިމުމުން މުވައްޒަފުންގެ ހާޒިރީ ރިޕޯރޓް ސްކޫލުގެ އިސްވެރިޔާ އަށް ހުށަހެޅުން)
- އިތުރުގަޑީގެ ހާޒިރީ ޝީޓާއި ރިޕޯޓް ތައްޔާރުކުރުން
- ދަރިވަރުންގެ ޑާޓާ ބޭސް އަޕްޑޭޓްކުރުން.
- ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން
- އިތުރުގަޑީގެ ފައިސާގެ ހިސާބު ބެލެހެއްޓުން
- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ ހުރިހާ މަސައްކަތެއް ކުރުން
- އާމްދަނީފޮތް ބެލެހެއްޓުން.
މަގާމުގެޝަރުތުތައް:
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަންރިސޯސް މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، އައްޔަން ކުރުމުގެ މިންގަޑުތަކާއި އުސޫލުތައް 2013 ގައިވާކަންކަމަށް ބެލެވޭނެއެވެ.
- ތައުލީމާއި ތަމްރީން: 38%
- އިމްތިހާނު: 5%
- މަސައްކަތުގެ ތަޖުރިބާ:14%
- ލިބިފައިވާ ހުނަރު: 43%
ހުށަހަޅަންޖެހޭ ލިޔުންތައް
- މައުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯރމް ( އެޕްލިކޭޝަން ފޯރމް ސ.އަތޮޅުމަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑުކުރެވެންވެސް ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
ވަޒީފާއަށް އެދޭ ފޯމު ސ.އަތޮޅު މަދަރުސާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޮގަސްޓު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ސ.އަތޮޅުމަދަރުސާގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 6895003 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 20 އޮގަސްޓް 2017 އާއި 24 އޮގަސްޓު 2017 އާދެމެދު ، ސ.އަތޮޅުމަދަރުސާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30%
އިތުރު މަޢުލޫމާތު ހޯދުން:މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6895679 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6895003 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސ.އަތޮޅު މަދަރުސާގެ ގެ ނަންބަރު 6895679 ފޯނަށް ގުޅުއްވުން އެދެމެވެ.